މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް:  އެމް. އެސް. 1 (ޓެކްނިކަލް ސަރވިސް)

މަޤާމުގެ ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/5،610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

ވަޒީފާއަދާކުރަން ޖެހޭ ތަން: ރ. މާކުރަތު ކައުންސިލްގެ އިދާރާ

އޮފީސް/އިދާރާ: ރ. މާކުރަތު ކައުންސިލްގެ އިދާރާ

ޔުނިޓް: އޭ. އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމާ ގުޅޭ ދާއިރާތައް:

­އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާ،  އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ،  އެޑިއުކޭޝަންގެ ދާއިރާ،  ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ،  ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ،  މުނިސިޕަލް ސަރވިސްގެ ދާއިރާ، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާ.

މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް:

1. ދިވެހިރާއްޖޭގެ  އިދާރީ  ދާއިރާތައް  ލާމަރުކަޒީ  އުސޫލުން  ހިންގުމުގެ  ޤާނޫނު  (ޤާނޫނު ނަންބަރު 7/2010)  ގެ  23  ވަނަ މާއްދާއާއި 24 ވަނަ މާއްދާގެ ދަށުން ރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ދުޅަހެޔޮކަށް އިތުރުކުރުމަށާއި، ރަށުގެ އިޤްތިޞާދީ ވަސީލަތްތައް ތަރައްޤީކުރުމަށް ކައުންސިލުން ރާވައި ހިންގާ އެންމެހައި މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް މަސައްކަތްތައް، ސުޕަވައިޒަރ ނުވަތަ ޔުނިޓު ހެޑު ނުވަތަ ޒިންމާދާރު ވެރިޔާގެ އިރުޝާދުގެމަތިން ކުރުން.

2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރަށު ކައުންސިލުގެ އާމްދަނީ އިތުރުކުރުމުގެ ފުރުޞަތުތައް ހޯދުމާއި، އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަންވެއްޖެނަމަ، އެކަމާބެހޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.

3. އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ހޯދުމާއި، މިލުކުކުރުމާއި، ކައުންސިލުގެ ބެލުމުގެދަށުގައި ހުންނަ މިފަދަ ތަކެތި ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އެހެން ފަރާތްތަކަށް ކުއްޔަށްދިނުމާއި ދޫކުރުމުގެ މަސައްކަތްތައްކޮށް ބެލެހެއްޓުން.

4. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި، މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކިއެކި ކަންކަމަށް ފަންޑު ހޯދުމަށް މަސައްކަތްކުރުމާއި ފަންޑު އުފެއްދުމުގެ މަސައްކަތް ކުރުން.

5. ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، ކެފޭތަކާއި، ގެސްޓްހައުސްތަކާއި، އާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުމާއި، އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6. ކައުންސިލު އިދާރާގެ ޕްރޮކިއުމަންޓުގެ ކަންކަން ބެލެހެއްޓުން.

7. ރަށުގެ ގޮއިފާލައްބަ ހިންނަ ފަދަ ތަންތަނުގެ އިޤްތިޞާދީ ވަސީލަތްތައް، ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް ޕްލޭންކޮށް ހިންގައި ބެލެހެއްޓުން.

8. ދަނޑުވެރިކަމާ ގުޅިގެން ކައުންސިލުން ރާވައި ހިންގާ އެންމެހައި ކަންކަން ކުރުމާއި، އެކަންކަން ބެލެހެއްޓުން.

9. ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީއާއި ސަލާމަތީ ސެޓުފިކެޓު ހެއްދުމާއި، ކަނޑުއުޅަނދުފަހު ޗެކުކުރުމުގެ މަސައްކަތްތައްކޮށް ބެލެހެއްޓުން.

10. ރަށުގައި ގެންގުޅޭ ކަނޑު އުޅަނދާއި އެންގަމު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވައިލައި، އަޕްޑޭޓްކޮށް، ބެލެހެއްޓުން.

11. ރަށުގެ ދަނޑުވެރިންގެ ދަފްތަރު އެކުލަވައިލައި ބެލެހެއްޓުމާއި، ދަނޑުވެރިން ރަޖިސްޓްރީކުރުމުގެ ކަންތައްތައް ކުރުން.

12. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސަބްސިޑީޒާއި، ލޯނާއި، ލޯން ސްކީމްތަކާ ގުޅޭ ކަންތައްތައް ބެލެހެއްޓުން.

13. ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށާއި، ޒުވާނުންނާއި، ވިޔަފާރި ތަރައްޤީކުރުމަށް ދޫކުރާ އެންމެހައި ލޯން ސްކީމްތަކުގެ ކަންކަމާ ގުޅޭ މަސައްކަތްތައްކޮށް ބެލެހެއްޓުން.

14. އަންހެނުންގެ ކޮމިޓީ އެކުލަވައިލައި ބެލެހެއްޓުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހިންގާ ތަރައްޤީގެ ޕްރޮގްރާމުތައް ބެލެހެއްޓުމާއި، ކޮމިޓީއަށް އެހީތެރިކަން ދިނުން.

15. މަސްވެރިކަމާ ގުޅިގެން ކައުންސިލުން ރާވައި ހިންގާ އެންމެހައި ކަންކަން ކުރުމާއި، އެކަންކަން ބެލެހެއްޓުން.

16. އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަޤާފީ ކަންކަން ދިރުވައި އާލާކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.

17. ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރިކޯޑުތައް ބެލެހެއްޓުން.

18. ކައުންސިލުން ނީލަން ކިޔަންޖެހޭ ތަކެތީގެ ލިސްޓު ނަގައި ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުކުރުމާއި، މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކޮށް ބެލެހެއްޓުން.

19. ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ހާޒިރުނުވެވޭގޮތް ދިމާވެއްޖެނަމަ، ޔުނިޓުގެ އިންޗާޖު ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.

20. ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

21. މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލުން ކުރަންޖެހޭ، މުނިސްޕަލް ސަރވިސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް، ޔުނިޓު ހެޑް ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން ކުރުން.

22. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް މަސައްކަތު ގަޑި ނިމުމުގެ ކުރިން، ޒިންމާދާރު ވެރިޔާއަށް ރިޕޯޓުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

3. ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓްދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

2. ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް- 1 އޭޕްރީލް 2013 ގައިވާ ސަޕޯޓް ސްޓާފް މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކްރައިޓީރިއާ (ޖީ. އެސް. 1 އިން އެމް. އެސް. 2 އަށް) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:-

  1. ވަޒީފާގެ ޝަރުޠު: % 11
  2. ތަޢުލީމާއި ތަމްރީން: %38
  3. މަސައްކަތުގެ ތަޖުރިބާ: %8
  4. ލިބިފައިވާ ހުނަރު: %43

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

މި  މަޤާމަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން  "ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު"  ފުރިހަމަކުރުމަށްފަހު، 2016  އޮގަސްޓު  11  ވާ  ބުރާސްފަތި  ދުވަހުގެ  13:00  ގެ  ކުރިން،  ވަޒީފާއަށް  އެދޭ  ފޯމާއި،  ފޯމާއެކު  ހުށަހަޅަންޖެހޭ ލިޔުންތައް، ރ. މާކުރަތު ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.mci.gov.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

އިންޓަރވިއު ކުރުން:

1. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

2. އިންޓަވިއުކުރުން އޮންނާނީ، 14 އޮގަސްޓު 2016 އާއި 22 އޮގަސްޓު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

3. އިންޓަވިއު އޮންނާނީ، ރ. މާކުރަތު ކައުންސިލްގެ އިދާރާގައެވެ.

4. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، 24 ގަޑިއިރުގެ ކުރިން މި އިދާރާއިން އަންގަމުން ގެންދާނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އެހެނިހެން ކަންތައްތައް:

1. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

2. ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓު ނުވަތަ ސެޓުފިކެޓުތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީއެވެ.

3. ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ.

4. އުމުރުން 55 އަހަރު ނުފުރޭ މީހެއްކަމުގައިވުން.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނީ، މި ކައުންސިލުގެ 6580015 ނަންބަރު ފޯނާއެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016
ހޯދާ