ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ހޯލުގައި ގޮނޑިއާއި މޭޒު އެތުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހޯލުގައި ގޮނޑިއާއި މޭޒު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކާއި ވާރކްޝޮޕް ފަދަ ކަންކަން ބާއްވާ ހޯލްތަކުގައި ގޮނޑިއާއި މޭޒު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)120/1/2016/36 އިޢުލާނުގެ މަޢުލޫމާތު ދޭން އޮތް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓް 17 ވާ ބުދަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓު ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ