މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ށ.މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމަށް

އިޢުލާން

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ރަށްރަށުގައި ވޭސްޓް މެނޭޖް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ "ސާފު ރާއްޖެ- ޒޯން 1 ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު" ގެ ދަށުން ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު ވަނީ ފަށާފައެވެ.

މަޝްރޫޢުގެ ދަށުން ށ.މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމަށް 4 ޖޫން 2016 ގައި ކުރެވުނު ނަންބަރު (IUL)438-RDS/1/2016/115 އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓުގެ ތަފުސީލު މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދޭ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން (ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ތަކެތި ވަކިވަކިން އެނގޭނެގޮތަށް)
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ނުވަތަ އެހެނިހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ފާއިތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ. އަދި މާކްސް ދިނުމުގައި މިފަދަ މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކުންފުނީގެ މާލީ ހާލަތު ބަޔާންކުރާ ލިޔުން ހުށަހަޅަންވާނެއެވެ.
  • ބީލަން ހުށަހަޅާއިރު މި މަސައްކަތަށް އަގުކުރެވޭ އަދަދުގެ މަސައްކަތްކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • މި މަސައްކަތް ކުރިއަށް ގެންދާނެ ތާވަލެއް (ވާރކް ޕްލޭން) އެއް ހުށަހަޅަންވާނެއެވެ. އަދި މި މަސައްކަތްކުރުމުގައި ޝާމިލުވާނެ މުވައްޒަފުންގެ މަސައްކަތް ބެހިފައިވާގޮތުގެ ތާވަލެއް ހުށަހަޅަންވާނެއެވެ.

މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު:  60 އިންސައްތަ
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު: 20 އިންސައްތަ
  • މަސައްކަތުގެ ތަޖުރިބާ: 20 އިންސައްތަ
  • މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ރަޖިސްޓަރީ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ 01 އޮގަސްޓު 2016 އިން 11 އޮގަސްޓު 2016 އާ ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 14:00 އާ ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަންގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުޅުވުން

މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވައި، ޕްރޮޕޯޒަލްގެ ހާރޑްކޮޕީ އަދި ސޮފްޓްކޮޕީ (ސީޑީގައި) ތިރީގައިވާގޮތަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ށ.މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫއަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-RDS/1/2016/133   

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ (20392)، ދިވެހިރާއްޖެ.

އީމެއިލް:  [email protected] , Ibrahim.rishad@environment.gov.mv

ވެބްސައިޓް: www.environment.gov.mv

01 އޮގަސްޓް 2016
ހޯދާ