ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ހޯދަން ވަނީ ބޭނުންވެފައެވެ.

މަޤާމް: ޑްރައިވަރ

މަޤާމުގެ ގިންތި: ވަގުތީ (1 އަހަރުދުވަހުގެ މުއްދަތަށް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/6500 (ހަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/1500 (ފަނަރަސަތޭކަ ރުފިޔާ)

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް: ހަނިމާދޫ ކައުންސިލްގެ އިދާރާ (ވޭސްޓް މެނޭޖްމަންޓް ސެކްޝަން)

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން.

- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ B1, B2, C1, C2, CO, V1 އޮތުން.

- އުމުރުން 18 އަހަރުވެފައިވާ ދިވެއްސެއްކަމުގައިވުން.

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައިނުވުން.

މަޤާމް: ލޭބަރ

މަޤާމުގެ ގިންތި: ވަގުތީ (1 އަހަރުދުވަހުގެ މުއްދަތަށް)

ބޭނުންވާ އަދަދު: 3 (ތިނެއް)

މުސާރަ: މަހަކު -/4500 (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/1500 (ފަނަރަސަތޭކަ ރުފިޔާ)

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް: ހަނިމާދޫ ކައުންސިލްގެ އިދާރާ (ވޭސްޓް މެނޭޖްމަންޓް ސެކްޝަން)

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން.

- ފިރިހެނުންކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ފުރިހަމަ ޞިއްޙަތެއްހުރި މީހަކުކަމުގައިވުން.

- ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.

- ކުނިކޮށީގައްޔާއި، ކުނިކޮށީގެ ބޭރުން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ މީހަކުކަމުގައިވުން.  

- އުމުރުން 18 އަހަރުވެފައިވާ ދިވެއްސެއްކަމުގައިވުން.

- ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައިނުވުން.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި: ވަގުތީ (1 އަހަރުދުވަހުގެ މުއްދަތަށް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/4000 (ހަތަރުހާސް ރުފިޔާ)

ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް: ހަނިމާދޫ ކައުންސިލްގެ އިދާރާ (ވޭސްޓް މެނޭޖްމަންޓް ސެކްޝަން)

 މަޤާމުގެ ޝަރުޠު:

ޖީ. ސީ. އީ. އޯލެވެލް 3 މާއްދާއިން C ގްރޭޑުން މަތިން ފާސްވެފައިވުމާއެކު، އެސް. އެސް. ސީ. އިމްތިހާނުގެ ދިވެހި މި މާއްދާއިން C ގްރޭޑުން މަތިން ފާސްވެފައިވުން.

ހުށަހަޅަންޖެހޭ ލިއުންތައް:

- މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އޮތުން)

- ދިވެހި ރައްޔިތެއްކަން  އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

- އެއްގަމު ލައިސަންސްގެ ކޮޕީ.

- ޕޮލިސް ރިޕޯޓް.

- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކުރި ވަޒީފާއެއް އެނގޭނެ ލިޔުމުގެ ކޮޕީ.

ސުންގަޑި:

މި މަޤާމުތަކަށް  ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ހަނިމާދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520028 ނަންބަރު ފޯނާއި ނުވަތަ 7696877 ނަންބަރު ފޯނާއެވެ.

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ