މާފުށީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ފޯމަން

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:

މާފުށީ ސްކޫލް

ބޭނުންވާ އަދަދު: 1 (އެކެއް)

ހަމަޖައްސާ ސެކްޝަން: އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓް

މަޤާމުގެ ރޭންކް: އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ މުސާރަ: މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. މާފުށީ ސްކޫލުގެ މަސައްކަތު މީހުންނާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރަމުންދާގޮތް ބަލައިހެދުން.

2. ސްކޫލުގައި ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތައް ބޭއްވުމުގެ އިމްތިޒާމު ކުރުވުން.

3. ސްކޫލުގެ ފަރާތުން އެކިއެކި ތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިޔުމާއި ގެނައުމުގެ މަސައްކަތް ކުރުވުން.

4. ސްކޫލުގެ އެންމެހައި ތަންތަން ފޮޅައި ސާފުކޮށް، ދޮންނަންޖެހޭ ތަންތަން ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރުވުން.

5. ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން ކިލާސްރޫމްތައް ތައްޔާރުކުރުވުން.

6. ސްކޫލަށް ގެންނަ ތަކެތި ސްކޫލާ ހަމަޔަށް ގެނައުމާއި، އެފަދަ ތަކެތި ބަހައްޓަންޖެހޭ ތަންތަނަށް ގެންދިޔުން.

7. ސްކޫލުގައި ކުރަން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން.

 

 

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ކޯހުގެ ޓްރާންސްކްރިޕްޓްތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ގަޑި:

މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތްކުރަން ހަމަޖެހިފައިވަނީ، މާފުށީ ސްކޫލުގައެވެ. ރަސްމީ މަސައްކަތުގެ ވަގުތަކީ، 8:00 އިން 14:00 އަށެވެ. ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ނުވަތަ އިތުރުގަޑީގައި މަސައްކަތްކުރަން ނުކުންނަން އަންގައިފިނަމަ ނުކުތުން. (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

ތަޢުލީމީގޮތުން ލިބިފައިވާ މާކުހާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

 

އިންޓަވިއު:

- މި  މަޤާމުގެ  އިންޓަވިއު،  މި  އިޢުލާނުގެ  މުއްދަތު  ހަމަވާތާ  ހަފުތާއެއްގެ   ތެރޭގައި  ބޭއްވޭނެއެވެ.  އިންޓަވިއު ބޭއްވޭނީ، މި ސްކޫލުގައެވެ.

- މި  މަޤާމަށް  އިންޓަވިއު  ކުރެވޭނީ،  މަޤާމުގެ  ޝަރުޠު  ހަމަވާ،  ތަޢުލީމީ  ފެންވަރާއި  ތަޖުރިބާއިން  އެންމެ  މަތީ މާކްސް ލިބޭ 10 ފަރާތަށެވެ.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ފޮނުވުމުގެ ސުންގަޑިއަކީ، އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. ތަކެތި ހުށަހަޅާނީ، މާފުށީ ސްކޫލަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ގުޅާނީ، 6640471 ނަންބަރު ފޯނަށެވެ. އީމެއިލްކުރާނީ، [email protected] އަށެވެ. 

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ