ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގައި ތިރީގައި މި ދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 6 އެޕްރީލް 2016 ގައި ކުރި ނަންބަރު GS157/2016/IU24 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަދި 25 އެޕްރީލް 2016 ގައި ކުރި ނަންބަރު GS157/2016/IU27 އިޢުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވާ އެއްވެސް ފަރާތެއް ވިޔަފާރި ރަޖިސްޓަރީކޮށްފައި ނެތުމުން އެފަރާތްތަކުގެ ބިޑްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބާޠިލުކުރުމާ ގުޅިގެން އަލުން އިޢުލާނުކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 10:00

2016 އޮގަސްޓު 9 ވާ ބުރާސްފަތި ދުވަހުގެ 10:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބަންދު ދުވަސްތައް ފިޔަވައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 6680817 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.                                                           

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ޖުލައި 2016
ހޯދާ