ދިވެހިރާއްޖެ
އިޢުލާން
- އަންދާސީހިސާބު ބޭނުންވެއްޖެ.
ކ.ގުރައިދޫގެ މަގުތަކުގައި ޖަހާފައިވާ މަގުމަތީ ބައްތިތައް ލެޑްލައިޓަށް ބަދަލުކުރުމާއި، ހޮޅިދަނޑިތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)338-MS/338/2016/19 އާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
|
|
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
ކ.ގުރައިދޫ ކައުންސިލްގެ އިދާރާ |
7 އޮގަސްޓު 2016 |
އާދީއްތަ |
11:00 |
|
އަންދާސީހިސާބު ހުށަހެޅުން |
ކ.ގުރައިދޫ ކައުންސިލްގެ އިދާރާ |
14 އޮގަސްޓު 2016 |
އާދީއްތަ |
11:00 |
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
