ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އޮފީސް އިމާރާތެއް ދ. ކުޑަހުވަދޫއިން ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިމިނިސްޓްރީގެ ނަންބަރު (IUL)101-EP/1/2016/97)(21 ޖޫން 2016)، (IUL)101-EP/1/2016/109)(10 ޖުލައި 2016) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް 3 ވަނަފަހަރަށް އިޢުލާން ކުރަމެވެ.
ދ.ކުޑަހުވަދޫން، ޖާގައިގެގޮތުން 800 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަބުރި ހުރި ޢިމާރާތަކަށް ވިޔަސް ގްރައުންޑް ފްލޯރއިން 800 ފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށް ވާނަމަ ޤަބޫލުކުރެވޭނެއެވެ.
އަގު ހުށަހެޅޭނެ ފަރާތްތައް
-
800 ފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ
-
އެހެން ޢިމާރާތަކާ ގުޅިފައިހުރި ޢިމާރާތަކަށްވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ބިމުގެ ޖާގައިގެ ގޮތުން 800 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ
-
އެއްބުރިއަށްވުރެ ގިނަބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށްވެފައި އެންމެ ތިރީބައިން ޖާގައެއް ލިބެން ނެތްނަމަ، އެ ޢިމާރާތަކީ ލިފްޓްހުރި ޢިމާރާތެއްނަމަ، އެ ޢިމާރާތުން 800 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.
ޢިމާރާތާބެހޭ މަޢުލޫމާތު
- ޢިމާރާތަކީ އާންމުނަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށްހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެޒިޑެންޝަލް އޭރިއާއެއް) ހުރި ޢިމާރާތަކަށް ވުން
- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރ ބަހައްޓާނެ އޭރިއާއަކާއި ފާޚާނާއާއި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެ ކޮޓަރިއެއް ހުރުން.
- ޢިމާރާތުގެ ބޮޑުމިން ގާތްގަޑަކަށް 800 އަކަފޫޓު. (މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރެވޭ ވަރުގެ ޖާގަ)
- މަދުވެގެން 5 އަހަރުގެ މުއްދަތަށް ޢިމާރާތް ކުއްޔަށް ދެވެންވާނެއެވެ.
- އޮފީސް އިމާރާތުގައި ދިދަ ނަގާނެ ދަނޑިއެއް ހުންނަންވާނެއެވެ.
ތިރީގައިވާ ކަންތައްތަކަކީ މިނިސްޓްރީން އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކެވެ.
- ޢިމާރާތަށް މަރާމާތުކުރަންޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ އިމާރާތުގެ ވެރިފަރާތުން ނެގުން
- މިހާރުގެ އޮފީސް އިމާރާތުގައިހުރި މި ސެންޓަރުގެ ފަރުނީޗަރު، އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
ހުށަހަޅަންޖެހޭ ތަކެތި
-
މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާގޮތް
-
ޢިމާރާތުގެ ކުލި (މަހަކަށް).
-
ކުއްޔަށްދޭން ގަސްދުކުރާ މުއްދަތު (އަހަރުން)
-
ކުއްޔަށްދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)
-
ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންކަމުގައި ވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންނޫން ފަރާތަކުންނަމަ ކުއްޔަށްދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ކުއްޔަށް ދިނުމަށް ގަސްތުކުރާ އިމާރާތް ހުރި ގޭގެ ރަޖިސްޓަރީ
-
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އިމާރާތުގެ ކުރެހުން
އަގު ހުށަހެޅުން
- އަގު ހުށަހެޅުމަށްޓަކައި މަޢުލޫމާތު ޝީޓާއެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ބޭނުންކުރައްވާށެވެ. ބިޑް ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓާއި ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރއިން ލިބެން ހުންނާނެއެވެ.
- ހުށަހަޅާއަގަށް ބިޑް ހުށަހަޅާ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.
ޑެލިވަރީ
- މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަސް ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
- ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދު ދުވަސް ހިމަނައިގެން ދުވަހުންނެވެ.
މާރކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ
މާރކްސްދެވޭ ކްރައިޓީރިޔާ |
މާރކްސްދެވޭ % |
ތަފުސީލު |
ފޯމިއުލާ |
އަގު |
50 |
ހުށަހަޅައިފައިވާ އަގަށް ދޭ މާކްސް މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. |
(Benchmark price / Submitted price) X Allocate percentage |
ތަނުގެ ބޮޑުމިން |
10 |
ހުށަހަޅައިފައިވާ ތަނުގެ ބޮޑުމިނަށް ދޭ މާރކްސް މާކްސްދެވޭނީ ހުށަހަޅާ އެންމެ ބޮޑުތަނަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަނެއްގެ މެދުގައި ބަހާލައިގެންނެވެ. |
(Benchmark size / Submitted size) X Allocate percentage |
ޑެލިވަރީ ޕީރިއަޑް |
10 |
ތަކެތި މިނިސްޓްރީއާ ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. |
(Benchmark Delivery / Submitted Delivery) X Allocate percentage |
މަރާމާތުކުރުމަށް ވެރިފަރާތުން ޒިންމާ ނެގުން |
20 |
އިމާރާތަށް ވަންނަ އިރު އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް މި މިނިސްޓްރީއިން ބޭނުންވާ ގޮތަށް ބަދަލުކޮށްދިނުމަށް ވެރިފަރާތުން ޒިންމާނަގާނަމަ މިބަޔަށް 20% ލިބޭނެއެވެ. |
If owner takes full responsibility for renovations 20% will be allocated for that bid |
ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން |
10 |
މިހާރު އޮފީސް ހިނގަމުންދާ އިމާރާތުގައިހުރި ފަރުނީޗަރު، އައު އޮފީސް އިމާރާތަށް ބަދަލުކޮށްދިނުމަށް |
IF arrangements have been made for transferring furniture to new building 10% will be allocated |
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު ހުށަހަޅާނީ "ބިޑް ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު ހިމަނާފައިނުވާ ބިޑް ޕްރޮޕޯސަލް މި މިނިސްޓްރީއަކުން ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.
ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރ،
މަލްޓިޕާރޕަސް ބިލްޑިންގ 1 ފްލޯރ،
ދ.ކުޑަހުވަދު، ދިވެހިރާއްޖެ.
ފޯނު ނަންބަރު: 6760538، 6760533
ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މި މިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 6760533 ނުވަތަ 6760538 އާ ގުޅުއްވުން އެދެމެވެ. ނުވަތަ ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 9 ވަނަ ދުވަހުގެ 11:00 އަށް ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
20 ޝައްވާލް 1437