ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އޮފީސް އިމާރާތެއް ޅ. ނައިފަރުން ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިނިސްޓްރީގެ ނަންބަރު (IUL)101-AF/1/2016/108 (17 ޖުލައި 2016) އިޢުލާން ބާޠިލުކޮށް އަދި ނަންބަރު: (IUL)101- AF/1/2016/84 (05 މެއި 2016) އަދި (IUL)101AF-/1/2016/94 (16 ޖޫން 2016) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާންތައް ބާޠިލުކޮށް އަލުން އޮފީސް އިމާރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާންކުރަމެވެ.
700 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ޅ. ނައިފަރުން ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަބުރި ހުރި ޢިމާރާތަކަށް ވިޔަސް ގްރައުންޑް ފްލޯރއިން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށްވާނަމަ ގަބޫލުކުރެވޭނެއެވެ.
އަގު ހުށަހެޅޭނެ ފަރާތްތަށް
-
700 ފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ
-
އެހެން ޢިމާރާތަކާއި ގުޅިފައިހުރި ޢިމާރާތަކަށް ވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ބިމުގެ ޖާގައިގެ ގޮތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ
-
އެއްބުރިއަށްވުރެ ގިނަބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށްވެފައި އެންމެ ތިރީބައިން ޖާގައެއް ލިބެން ނެތްނަމަ، އެ ޢިމާރާތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.
ޢިމާރާތާއި ބެހޭ މަޢްލޫމާތު
- ޢިމާރާތަކީ އާންމުނަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށްހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެޒިޑެންޝަލް އޭރިއާއެއްގައި) ހުރި ޢިމާރާތަކަށް ވުން.
- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރ އޭރިއާ އަކާއި ފާހާނާ އަދި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެފަދަ ތަނަކަށް ވުން.
- ޢިމާރާތުގެ ބޮޑުމިން މަދުވެގެން 700 އަކަފޫޓު. ( މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރެވޭ ވަރުގެ ޖާގަ)
- ޢިމާރާތް މަދުވެގެން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދެވެންވާނެއެވެ.
ތިރީގައިވާ ކަންތައްތަކަކީ މިނިސްޓްރީއިން އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކެވެ.
- ޢިމާރާތް މަރާމާތު ކުރަން ޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ އިމާރާތުގެ ވެރިފަރާތުން ނެގުން
- އޮފީސް ބަންދު ގަޑީގަ އާއި ބަންދު ދުވަސް ދުވަހު އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން
- މިހާރުގެ އޮފީސް އިމާރާތުގައިހުރި މިސެންޓަރުގެ ފަރުނީޗަރު އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުން
ހުށަހަޅަންޖެހޭ ތަކެތި
-
މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާފަރާތުން ހުށަހަޅާގޮތް
-
ޢިމާރާތުގެ ކުލި (މަހަކަށް).
-
ކުއްޔަށްދޭން ގަސްދުކުރާ މުއްދަތު (އަހަރުން)
-
ކުއްޔަށްދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)
-
ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންކަމުގައި ވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންނޫން ފަރާތަކުންނަމަ ކުއްޔަށްދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
އަގު ހުށަހެޅުން
- އަގު ހުށަހެޅުމަށްޓަކައި "ބިޑް ހުށަހަޅާ ފޯމު" ބޭނުންކުރައްވާށެވެ. ބިޑް ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި ޅ.ނައިފަރު ބިޒްނަސް ސެންޓަރުން ލިބެން ހުންނާނެއެވެ.
ޑެލިވަރީ
-
މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަސް ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
-
ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދު ދުވަސް ހިމަނައިގެން ދުވަހުންނެވެ.
-
މާރކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ
މާރކްސްދެވޭ ކްރައިޓީރިޔާ |
މާރކްސްދެވޭ % |
ތަފުސީލު |
ފޯމިއުލާ |
އަގު |
50 |
|
(Benchmark price / Submitted price) X Allocate percentage |
ތަނުގެ ބޮޑިމިން |
10 |
|
(Benchmark size / Submitted size) X Allocate percentage |
ޑެލިވަރީ ޕީރިއަޑް |
10 |
|
(Benchmark Delivery / Submitted Delivery) X Allocate percentage |
މަރާމަތަށް ވެރިފަރާތުން ޒިންމާ ނެގުން |
20 |
|
If owner takes full responsibility for renovations 20% will be allocated for that bid |
ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން |
10 |
|
If arrangements have been made for transferring furniture to new building 10% will be allocated |
އަންދާސީހިސާބު ހުށަހެޅުން
-
އަންދާސީހިސާބު ހުށަހަޅާނީ "ބިޑް ހުށަހަޅާ ފޯމް" އިންނެވެ. މި ފޯރމް ހިމަނާފައިނުވާ ބިޑް ޕްރޮޕޯސަލް މި މިނިސްޓްރީއަކުން ބަލައިނުގަނެވޭނެއެވެ.
-
އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.
ޅ.ނައިފަރު ބިޒްނަސް ސެންޓަރ
ފާދިއްޕޮޅު އަތޮޅުގެ
ޅ.ނައިފަރު، ދިވެހިރާއްޖެ.
ފޯނު ނަންބަރު: 6620350, 6620351
ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މި މިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވަނަ ދުވަހު 11:30 އަށް ޅ. ނައިފަރު ބިޒްނަސް ސެންޓަރަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 6620351 އާ ގުޅުއްވުން އެދެމެވެ.
20 ޝައްވާލް 1437