ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމު: ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1
މުސާރަ: މަހަކު -/4,000 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/3,500 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 (-/1,400 ރުފިޔާ)
ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ
ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް: މާލެއާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތައް
މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތް: ކަސްޓަމްސްގެ ފަރާތުން ކުރަންޖެހޭ އެންމެހައި ދަތުރުތައްކުރުމާއި ކަސްޓަމްސްގައި ބޭނުންކުރާ ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުން. އަދި ކަސްޓަމްސް އޮފީސްތަކުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމާއި ކަސްޓަމްސްގެ އެންމެހައި ސެކްޝަންތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
މި މަޤާމަށް މީހަކު ހޮވުމުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ (A0,A1,B1,C1) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، ވެހިކަލް ރިޕެއަރކުރުމުގެ މަސައްކަތުގައި އުޅެފައިވާ ފަރާތްތަކާއި، އިލެކްޓްރިކް މަސައްކަތްކުރަން ދަންނަ އަދި ފެންވައިރިންގގެ މަސައްކަތް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މަތީގައި ދަންނަވާފައިވާ މަޤާމުގައި މަސައްކަތްކުރާ މީހުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކުރުމުން ދޭ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
-
ފުރިހަމަކޮށްފައިވާ، ވަޒީފާއަށްއެދޭ ފޯމު.
-
ލިބިފައިވާ ތައުލީމީ ސެޓުފިކެޓުގައިކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުގަހާފައިވާ އަސްލު ކޮޕީ)
-
ސުކޫލް ލީވިންގ ސެޓުފިކެޓު
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
-
ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ
ސުންގަޑި:
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.
20 ޝައްވާލް 1437