ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މި ދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭނީ ދިވެހިންނަށެވެ.
ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފަކު ނެގޭނެ ވާހަކަ ދަންނަވަމެވެ.
މަޤާމު: ނަރުސް
ރޭންކް: އެމް.އެސް 3 (މެޑިކަލް ސަރވިސް 3)
ކްލެސިފިކޭޝަން: މެޑިކަލް ސަރވިސް
މުސާރަ: މަހަކު -/5,610 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/3500 ރުފިޔާ
އެކޮމޮޑޭޝަން އެލަވަންސް: މަހަކު -/2,500 ރުފިޔާ
ފުޑް އެލަވަންސް: މަހަކު -/1,800 ރުފިޔާ
ނޮންޕްރެކްޓިކްސް އެލަވަންސް: މަހަކު 1,963/50ރުފޔާ
ބޭނުންވާ އަދަދު: 8 (އަށެއް)
މަސައްކަތް ކުރަންޖެހޭ ތަން: މާލެ ޖަލު، މާފުށި ޖަލު އަދި އައްސޭރި ޖަލު
ފެންވަރު ނުވަތަ ޝަރުޠު:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
1- ދިވެހި ސަރުކާރުން ގަބޫލުކުރާ އިންސްޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ؛
2- ދިވެހި ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނަރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލްކޮށް ފައިވުން. ނުވަތަ؛
3- ނަރުސްކަމުގެ ފަންނީ ރޮނގުން ޑިޕްލޮމާއެއް ނުވަތަ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
-
ޖަލުތަކުގައި ތިބޭ ބަންދުމީހުންނަށް ގަވާއިދުން ބޭސްދިނުން.
-
ރަސްމީ ޑިއުޓީ އިތުރުން އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
-
ނާރސިން ސްޓޭޝަން އަބަދުވެސް އިމަޖެންސީ ހާލަތަށް ތައްޔާރުކޮށްފައި ބެހެއްޓުން.
-
އޯޕީޑިގައި ދިމާވާ މެޑިކަލް އިމަޖެންސީތަކުގައި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުން.
-
ބަންދުގައި ތިބޭ ގައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދަމުންދާ ގައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރކުރުމާއި ފޮލޯއަޕްސް މޮނިޓަރކުރުން.
-
އަލަށް ގެންނަ ގައިދީން ސްކްރީން ކުރުން.
-
މެޑިކަލް ފައިލުތައް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:
- މަސައްކަތުގެ ތަޖުރިބާ.
- ތައުލީމާއި ތަމްރީން.
އިންޓަރވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ސުންގަޑި:
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއެކު 2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:
ފޯނު ނަންބަރު: 3312694، 3328443
ފެކްސް ނަންބަރު: 3313727
އީ މެއިލް: [email protected]
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ބިދޭސީއެއްނަމަ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ފޮޓޯ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.(އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ، އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
- ބިދޭސީއެއްނަމަ ފުރާފައިވާ މޯލެޑިވްސް މެޑިކަލް ކައުންސިލުގެ ރެޖިސްޓްރޭޝަން ފޯމު.
- ބިދޭސީއެއްނަމަ މި އިޢުލާނުގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމުގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ.)
19 ޝައްވާލް 1437