މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އިންސްޕެކްޝަންސް އޮފިސަރ، އެސިސްޓެންޓް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއަށް، ތިރީގައިމިވާ ދެ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

އިންސްޕެކްޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

283471

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ދަތުރު އެލަވަންސް:

މުވައްޒަފުގެ ނިދުމާއި ކެއިންބުއިންފަދަ ކަންތައް ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށަކަށް މަސައްކަތު ގޮސް އައިސްވާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތީން ދަތުރު އެލަވަންސް ލިބޭނެއެވެ.

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސ. ހިތަދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ބިޒްނަސް ރަޖިސްޓްރޭޝަން/ އަދަރ ޕަރމިޓްސް އެންޑް ބިޒްނަސް ސަރވިސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ވިޔަފާރިކުރާ ތަންތަނާއި ޚިދުމަތްދޭ ތަންތަން ގަވާއިދުން އިންސްޕެކްޓްކޮށް، އެފަރާތްތަކުން މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެދަށުން ޢަމަލުކުރަންޖެހޭ ކަންކަމަށް ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އިންސްޕެކްޓްކުރުމަށްޓަކައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއާ އެއްގޮތަށް އިންސްޕެކްޝަންތައް ކުރިއަށްގެންދިއުން.

2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮންޓްރޯލް އަގު ކަނޑައަޅާފައިވާ މުދާ، ވިޔަފާރިތަކުން ވިއްކަމުންދަނީ ކޮންޓްރޯލް އަގުތަކުގައިކަން ކަށަވަރުކުރުމަށްޓަކައި، އިންސްޕެކްޓްކުރުން.

3. މިނިސްޓްރީން، ބާޒާރުގެ އަގުތައް މޮނިޓަރކުރަން ޖެހިއްޖެ ހިނދެއްގައި، މިނިސްޓްރީން ކަނޑައަޅާ މުދަލުގެ އަގުތައް ބަލައި، މިނިސްޓްރީއަށް ހުށަހެޅުން.

4. އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ މިނިސްޓްރީގެ އޮފީހަށް ހުށަހެޅޭ ކޮންސިއުމަރ މައްސަލަތަކާ ގުޅިގެން، ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓްކުރަން ޖެހިއްޖެ ހާލަތްތަކުގައި، މެނޭޖްމަންޓުން ލަފާދެއްވާ ގޮތުގެ މަތިން، އެ ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތްކުރުން.

5. އަމިއްލަ ވިޔަފާރިތަކުން އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ މިނިސްޓްރީގެ އޮފީހަށް ހުށަހަޅާ ވިޔަފާރި މައްސަލަތަކާ ގުޅިގެން، ވިޔަފާރިއެއް ކުރިއަށްގެންދާގޮތް އިންސްޕެކްޓްކުރަން ޖެހިއްޖެ ހާލަތްތަކުގައި، މެނޭޖްމަންޓުގެ ލަފާގެމަތިން، އެ ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތްކުރުން.

6. މިނެކިރަން ބޭނުންކުރާ އާލާތްތަކުގައި މިން ހަމަތޯ ޗެކްކޮށް، އެ ތަކެތީގައި ސިލްޖެހުމުގެ މަސައްކަތްކުރުން.

7. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް 

 

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ލޯގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ލޯގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ލޯގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ލޯގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ލޯގެ ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް:

އެސިސްޓެންޓް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

283473

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ރިސްކް އެލަވަންސް:

ފައިސާ ބަލައިގަންނަ ދުވަހަކަށް -/25 ރުފިޔާގެ ރޭޓުން

ދަތުރު އެލަވަންސް:

މުވައްޒަފުގެ ނިދުމާއި ކެއިންބުއިންފަދަ ކަންތައް ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށަކަށް މަސައްކަތު ގޮސް އައިސްވާ މުވައްޒަފުންނަށް، ހަމަޖެހިފައިވާ އުސޫލުގެމަތީން ދަތުރު އެލަވަންސް ލިބޭނެއެވެ.

މެޑިކަލް އިންޝުއަރެންސް:  

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސ. ހިތަދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ބިޒްނަސް ރަޖިސްޓްރޭޝަން/ އަދަރ ޕަރމިޓްސް އެންޑް ބިޒްނަސް ސަރވިސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

 

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. އަލަށް ރަޖިސްޓްރީކުރުމަށް ހުށަހެޅޭ އެޕްލިކޭޝަންތައް (އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާރޓްނަރޝިޕް، ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީ) ކައުންޓަރަށް ހުށަހެޅުމުން، ޗެކްކޮށް، ޕްރޮސެސްކޮށް، ސިސްޓަމަށް އަޕްޑޭޓްކުރުމަށްފަހު، އެޕްރޫވަލްއަށް ފޮނުވުން.

2. ނަން ރަޖިސްޓްރީ އެފްލިކޭޝަން ފޯމު ކައުންޓަރަށް ހުށަހެޅުމުން ވަގުތުން ނަން ފާސްކުރުމަށް ފޮނުވުން.

3. ކައުންޓަރުން ކަސްޓަމަރުންނަށްދޭ ވިޔަފާރީގެ ޚިދުމަތްތަކާ ގުޅޭ ހުރިހާ ހުއްދައެއް ހެދުމާއި، ކެންސަލްކުރަންޖެހޭ ހުއްދަތަކެއް ކެންސަލްކުރުމާއި، އިމްޕޯޓް ލައިސަންސާއި އެކްސްޕޯޓް ލައިސަންސް ހެދުން.

4. ރަޖިސްޓްރީކުރުމަށް މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅޭ ލޯގޯ، ޝިޕިންގ މާރކް، ޓްރޭޑް މާރކް ރަޖިސްޓްރީކުރުމުގެ ހުރިހާ މަސައްކަތެއް ކުރުން.

5. ހުއްދަ/ލައިސަންސްގެ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުމާއި، އެދުވަހެއްގެ ކައުންޓަރުގެ މަސައްކަތް ނިމުމުން، އެދުވަހަކު ބަލައިގަތް ފައިސާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން.

6. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށްފަހު، މިނިސްޓްރީގެ ކަމާބެހޭ ސެކްޝަނަށް ފޮނުވުމާއި، ފައިލްކުރުން.

7. މިނިސްޓްރީންދޭ ޚިދުމަތްތަކާ ބެހޭގޮތުން ކަސްޓަމަރުން ބޭނުންވާ މަޢުލޫމާތު އެފަރާތްތަކަށް ކައުންޓަރުން ފޯރުކޮށްދިނުމާއި، ރެޖިސްޓަރީކުރަންޖެހޭ ވިޔަފާރިތަކާ ގުޅޭ އެންމެހައި މަޢުލޫމާތު، އެކިއެކި ރެޖިސްޓްރޭޝަނާ ގުޅޭ މަޢުލޫމާތު  ފޯރުކޮށްދިނުން.

8. ބިޒްނަސް ރެޖިސްޓްރޭޝަނާ ގުޅިގެން ހުށަހެޅި ނިމިފައިވާ ލިޔެކިޔުންތައް ބަލައި އަންނަ ފަރާތްތަކަށް ދޫކުރުން.

9. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

 

 

އިންޓަވިއު ކުރުން:

- މި  މަޤާމަށް  މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  މިނިސްޓްރީ  އޮފް  އިކޮނޮމިކް  ޑިވެލޮޕްމަންޓް،  މާލެ އަދި ސ. ހިތަދޫގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް / މާލެ އަދި  މިނިސްޓްރީ  އޮފް  އިކޮނޮމިކް  ޑިވެލޮޕްމަންޓް (ސ. ހިތަދޫ / ބިނާ) އަށް  ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލްކުރުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

 

އިތުރު މަޢުލޫމާތު:

-  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  މި  މިނިސްޓްރީގެ  ކައުންޓަރުން،  ބަންދު  ނޫން  ކޮންމެ  ދުވަހެއްގެ  8:00  އިން  14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

-   މި އިޢުލާނާ ގުޅޭގޮތުން އިތުރުން މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333174 ނަންބަރު ފޯނާ ގުޅުމުން ނުވަތަ  [email protected] އަށް އީމެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ