މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި މި ދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިންނަށެވެ.

ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފަކު ހޮވާނެ ވާހަކަ ދަންނަވަމެވެ.

މަޤާމު:             މެޑިކަލް އޮފިސަރ   

ރޭންކް:             އެމް.އެސް 4

ކްލެސިފިކޭޝަން:        މެޑިކަލް ސަރވިސް

މުސާރަ:             މަހަކު -/15,090 ރުފިޔާ

ސަރވިސް އެލަވަންސް:    މަހަކު -/3,500 ރުފިޔާ

ނޮން ޕްރެކްޓިސް:       މަހަކު 5,281/50 ރުފިޔާ

ފުޑް އެލަވަންސް:       މަހަކު -/1,800 ރުފިޔާ

އެކޮމޮޑޭޝަން އެލަވަންސް:  މަހަކު -/2,500 ރުފިޔާ

ބޭނުންވާ އަދަދު:      ތިނެއް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލޭ ޖަލު، މާފުށީ ޖަލު އަދި އައްސޭރި ޖަލު.

ފެންވަރު ނުވަތަ ޝަރުޠު:

1- އެމް.ބީ.ބީ.އެސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ޑިގުރީ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އެއް އަހަރުދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތިން އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޖަލުތަކުގައި ތިބޭ ގައިދީން ހަފުތާއަކު 3 ދުވަހު (އޯ.ޕީ.ޑީ) ގައި ބެލުން.

  2. ކޮންމެ ހަފުތާއަކު ޖަލުތަކަށް ޒިޔާރަތްކޮށް ބަލި މީހުން ބެލުން. (ހަފުތާއަކު މަދުވެގެން އެއް ފަހަރު)

  3. ރަސްމީ ޑިއުޓީ ގަޑީގެ އިތުރުން އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.

  4. ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން.

- ތަޖުރިބާ.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި:

- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް

ފޯނު ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

- އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

- ބިދޭސީއެއްނަމަ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ފޮޓޯ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.(އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ) 

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ، އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

- ފުރާފައިވާ މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު. (ބިދޭސީން)

- ބިދޭސީއެއްނަމަ، މި އިޢުލާނުގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ރެޖިސްޓްރޭޝަން ފޯމުގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

 (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ.)

  20 ޝައްވާލް  1437

25 ޖުލައި 2016
ހޯދާ