މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ފާމަސިސްޓް

އިޢުލާން

ތިރީގައި މި ދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހި ބޭފުޅުންނަށެވެ.

ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފަކު ނެގޭނެ ވާހަކަ ދަންނަވަމެވެ.

މަޤާމު:              ފާމަސިސްޓް

ރޭންކް:              އެމް.އެސް 3 (މެޑިކަލް ސަރވިސް 3)

ކްލެސިފިކޭޝަން:         މެޑިކަލް ސަރވިސް

މުސާރަ:             މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:     މަހަކު -/3500 ރުފިޔާ

އެކޮމޮޑޭޝަން އެލަވަންސް:   މަހަކު -/2,500 ރުފިޔާ

ފުޑް އެލަވަންސް:        މަހަކު -/1,800 ރުފިޔާ

ނޮންޕްރެކްޓިކްސް އެލަވަންސް: މަހަކު 1,963/50 ރުފޔާ

ބޭނުންވާ އަދަދު:         2 

މަސައްކަތް ކުރަންޖެހޭ ތަން:  މާލެ ޖަލު، މާފުށި ޖަލު އަދި އައްސޭރި ޖަލު

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

1- ދިވެހި ސަރުކާރުން ގަބޫލުކުރާ އިންސްޓިއުޓެއްގައި ފާމަސިސްޓް ރޮނގުން ދަށްވެގެން ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޖަލުގެތަކުގެ ބޭސް ބެހެއްޓިފައިވާ ސްޓޮކް ބެލެހެއްޓުން
  • ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މި ސަރވިސްގެ މެޑިކަލް އޮފިސަރުން ރިކުއެސްޓްކުރާ ބޭސް ހޯދުމުގެ މަސައްކަތް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

- މަސައްކަތުގެ ތަޖުރިބާ.

- ތަޢުލީމާއި ތަމްރީން.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި:

- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 2016 އޮގަސްޓު ހަތެއް ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

 ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ފޯން ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

- ބިދޭސީއެއްނަމަ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ފޮޓޯ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.(އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ) 

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

- ބިދޭސީއެއްނަމަ ފުރާފައިވާ މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ރެޖިސްޓްރޭޝަން ފޯމު.

- ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމުގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

 (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ.)

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ