ވަޒީފާގެ ފުރުޞަތު |
މި ކޮމިޝަނުން އޮފީސް އެސިސްޓެންޓެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: 123-A/IUL/2016/27 އިޢުލާން ބާޠިލުކޮށް އަލުން އޮފީސް އެސިސްޓެންޓެއްގެ މަޤާމަށް އިޢުލާނު ކުރަމެވެ.
|
މަޤާމް
|
އޮފީސް އެސިސްޓެންޓް ގްރޭޑް 1
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
އެންޓި-ކޮރަޕްޝަން ކޮމިޝަން (އައްޑޫ ސިޓީ ބިޔުރޯ)
|
މުސާރައާއި ޢިނާޔަތްތައް
|
- މުސާރަ: މަހަކު: -/5000 ރުފިޔާ
- ޑެއިލީ އެލަވަންސް: ދުވާލަކަށް -/138 ރުފިޔާ
|
ޝަރުޠު
|
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ގްރޭޑް ދިހައެއް ނިންމާފައިވުން.
- އުމުރުން 50 އަހަރު ވެފައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުމާއި، އޮފީހުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖް އަދި ޗިޓުފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
|
ހުށަހަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
- ސްކޫލް ލީވިންގ ސެޓުފިކެޓުގެ އެޓެސްޓެޑް ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
|
ސުންގަޑި
|
2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު
|
- އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ ހުރަވީ ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޮމިޝަނުގެ ކައުންޓަރަށް ނުވަތަ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
- އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
- އިންޓަރވިއުއަށް ޝޯޓް ލިސްޓުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢުކުރާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
- ފޯމު ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015200
ފެކްސް ނަންބަރު: 3317182
އީމެއިލް: [email protected]
|