ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަންބަރު C2A1853 ލޮރީ ސިޓީލާ ނީލަމުގައި ވިއްކާލުމަށް
އިޢުލާން
ލޮރީ ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭ:
މި އިދާރާގައި ބޭނުންކުރަމުންގެންދާ ރ. ނަންބަރު C2A1853 ލޮރީ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ލޮރީގެ މަޢުލޫމާތު
- ލޮރީގެ ޙާލަތު: އިންޖީނު މަރާމާތުކޮށްގެން ބޭނުންކުރެވޭ ޙާލަތުގައި
- މޮޑެލް ނަންބަރު: KK-WGEAT
- އިންޖީނު އުފެއްދި ކުންފުނި: MAZDA
- އުފުލޭ ބަރުދަން: 2 ޓަން
- ހަކަތައިގެ ބާވަތް: ޑީސަލް
ނީލަމުގެ ތަފުސީލު
- ފެށޭ އަގު: -/85،000 (އަށްޑިހަ ފަސްހާސް ރުފިޔާ)
- އިތުރުކުރެވޭ އަދަދު: -/5،000 (ފަސްހާސް ރުފިޔާ)
- ނީލަން ނިންމުން: ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަސް ވަންދެން އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
ލޮރީ ނީލަމުން ނަގާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ލޮރީ ގެންދަންވާނެއެވެ.
ނީލަމަށް ހުށަހެޅިފައިވާ އެންމެ މަތީއަގު ކޮންމެ ރަސްމީ ދުވަހެއްގެ 11:00 ގައި މި އިދާރާގެ ނޯޓިސްބޯޑަށް ނެރެވޭނެއެވެ.
މި ލޮރީ ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާއަށް ހާޒިރުވުމުން ލޮރީ ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
5 ޝައްވާލް 1437
10 ޖުލައި 2016
ހޯދާ