ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ބެލުމުގެ ދަށުގައިވާ ހއ. ބާރަށު ''މަކުތަބު'' 15 އަހަރުގެ މުއްދަތަށް ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ މި އިދާރާއިން ވިއްކާ ބިޑްފޮތުގައެވެ. ބިޑްފޮތް 2016 ޖުލައި 18 ވާ ހޯމަދުވަހުން ފެށިގެން 2016 އޮގަސްޓު 3 ވާ ބުދަަދުވަހުގެ ނިޔަލަށް، ބަންދު ދުވަސްތައް ފިޔަވައި ރަސްމީ ދުވަސްތަކުގައި 09:00 އިން 13:00 އަށް މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. އަދި ބިޑް ހުށަހެޅުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ޕްރީބިޑް މީޓިންގ 2016 އޮގަސްޓު 04 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މިި އިދާރާގައި އޮންނާނެއެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިވެވޭނީ ބިޑްފޮތް ގަނެފައިވާ ފަރާތްތަކަށެވެ. ބިޑްފޮތެއް ވިއްކާ އަގަކީ -/100 (އެއްސަތޭކަ) ރުފިޔާއެވެ.
ބިޑް ހުށަހަޅާނީ 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ބިޑްފޮތް ގަތުމަށާއި، ޕްރިބިޑް މީޓިންގގައި ބައިވެރިވުމަށާއި، ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި މި އިދާރާއިން ނެރުނު ނަންބަރު (IUL)257/257/2016/48 (15 ޖޫން 2016) އިޢުލާނަށް 3 ފަރާތުން ބިޑު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
13 ޝައްވާލް 1437