ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިވިކް އެޑިޔުކޭޝަން ޕްރޮގުރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ސިވިކް އެޑިޔުކޭޝަން ޕްރޮގުރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 2016 ޖޫން 14 ވަނަދުވަހު މި ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)242/242/2016/19 އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމަށް އިވެލުއޭޓް ކޮމެޓީއާ މަޝްވަރާކުރުމުން ހުށަހެޅިފައިވާ ޕްރޮޕޯޒަލްތައް ފުރިހަމަކަމަށް ފެނިވަޑައިނުގަންނަވާތީ، ޕްރޮޕޯޒަލްތައް ބާޠިލުކުރުމަށް ކޮމެޓީން ވަނީ ނިންމަވާފައެވެ. އެހެންކަމުން، ޕްރޮޕޯޒަލްތައް ބާޠިލުކޮށް، އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 3 ވާ ބުދަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ޢާންމުކޮށް އަންގައި މިކަން އިޢުލާން ކުރީމެވެ.

16 ޝައްވާލް 1437   

21 ޖުލައި 2016
ހޯދާ