ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު

ދ. ބަނޑިދޫ މަސްޖިދުއްރަޙްމަތު އަދި ރައްޔިތުންގެ މަލަ އިމާރާތުގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ފެން ރައްކާކުރާ 14 ކަޅުހަން ބަހައްޓާފައިވާ ބުޑު، ހަންތަކުގެ ވައިރިންގ މަރާމާތުކުރުމާއި، ހަންތައް ހިޔާ ކުރުމުގެ މަސައްކަތާއި، އަދި ފުޓްބޯޅަދަނޑު ސަރަހައްދުގައި 5000 ލީޓަރުގެ 4 ކަޅުހަން ބެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2016 އޮގަސްޓު 9 ވާ އަންގާރަދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގހޯލްގައެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 9 ވާ އަންގާރަދުވަހުގެ 13:00 ގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:00 ގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

 

އަގު

 

75%

ހުޅަހަޅާ އަގަށް ދެވޭ މާކްސް

މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގަކަށް

 އެންމެކުޑައަގު 

ހުށަހެޅިފައިވާ އަގު

x75

 

ތަޖުރިބާ

 

15%

ތަޖުރިބާއަށް ދެވޭ މާކްސް

މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން % އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ދިގު މުއްދަތަށް

  މުއްދަތު  

އެންމެ ދިގު މުއްދަތު

x15

 

މުއްދަތު

 

10%

މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު

މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށް

 އެންމެ ކުރު މުއްދަތު 

މުއްދަތު

x10

01- ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

02- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.

03– ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތް ނަމަ ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

ދ. ބަނޑިދޫ ކައުންސިލްގެ އިދާރާ

ދ. ބަނޑިދޫ ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:00 ގައި މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތަފުސީލުތައް އިވެލުއޭޝަންފޯމުގައި ފުރިހަމަ ކުރެއްވުމަށްފަހު ސޮއިކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑް އިވެލުއޭޓް ކުރުމަށްޓަކައި ދ. ބަނޑިދޫ ކައުންސިލްގެ އިދާރާއިން އެކުލަވާލާފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަށް ހުރިހާ ލިޔުންތައް ހުށަހެޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމިޓީން ބިޑް އިވެލުއޭޓް ކުރުމަށްފަހު އެކަން ކައުންސިލް އިދާރާއަށް އެންގުމުން ބިޑް ކާމިޔާބު ކުރެއްވި ފަރާތަށް އަދި ބިޑް ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ކައުންސިލް އިދާރާގެ ލިޔުމަކުން އަންގާނެއެވެ. ބިޑް މީޓިންގގައި އެއްވެސް ޑޮކިއުމެންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ