ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިބަހުގެ ކޮންސަލްޓެންޓް

އިޢުލާން

ދިވެހިބަހާ ބެހޭގޮތުން އެކެޑެމީއަށް ލަފަޔާއި އިރުޝާދުދީ، ފަންނީގޮތުން މި ރޮނގުގައި މި އެކެޑަމީއަށް އެހީތެރިވެދޭނެ ފަރާތެއް، އެއްބަސްވުމުގެ އުޞޫލުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

ދިވެހިބަހުގެ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/7000 ރުފިޔާ (ހަތްހާސް ރުފިޔާ)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި، ރަށް:

ދިވެހިބަހުގެ އެކެޑަމީ، މާލެ

މަސައްކަތު ގަޑި:

ރަސްމީ މަސައްކަތު ގަޑިތަކުގެ ތެރެއިން އެއްބަސްވެވޭ 5 ގަޑިއިރު

މަސައްކަތުގެ މުއްދަތު:

3 އަހަރުދުވަސް

މަޤާމުގެ ޝަރުޠު:

ދިވެހިބަހުން ޑިގްރީއެއް އޮތުމާއެކު، ދިވެހިބަސް ދިރާސާކުރުމާއި، ކިޔަވައިދިނުމުގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދިވެހިބަސް ކިޔަވައިދިނުމާއި، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއަރުވައި، ދިވެހިބަސް ފެތުރުމުގައި މަދުވެގެން 12 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ދިވެހިބަހާ ބެހޭގޮތުން އާންމުން ކުރާ ސުވާލުތަކަށް ދޭންޖެހޭ ޖަވާބު ދިނުމުގެ ލަފާ އެކަޑަމީއަށް ދިނުމާއި، އެކެޑެމީން އެދިއްޖެ ހިނދެއްގައި، އެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން.

2. ރޭޑިއޯއާއި ޓީވީން ދިވެހިބަހުން ފޮނުވާ މުޢާމަލާތްތަކުގައި، ބަހުގެ ހަމަތަކާއި  އުޞޫލާ ޚިލާފަށް ހުންނަ ކަންކަން ފާހަގަކޮށް، އެ ފަރާތްތަކަށް  ދޭންޖެހޭ އިރުޝާދާއި ލަފާދީ،  އެކަންކަން ރަނގަޅުކުރުމުގެ ފަންނީ މަސައްކަތްކުރުން.

3. ކުޑަކުދިން ދިވެހިބަހަށް ޝައުޤުވެރިކުރުވައި ހޭލުންތެރިކުރުވުމަށް  ފަންނީގޮތުން  އެކެޑަމީއަށް އެހީތެރިވުން.

4. ބަހާއި ތާރީޚާއި ސަގާފަތާ ބެހޭގޮތުން ބޭރުބަސްބަހުން ލިޔެފައިހުންނަ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.

5. އެކެޑެމީން ބޭނުންވެއްޖެ ހިނދެއްގައި، ބަހާއި ތާރީޚާއި ސަގާފަތާބެހޭ މަޢުލޫމާތު މީޑިއާގައި ހާމަކުރުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ، އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:30 

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

ބަސްދީގަތުން:

މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ، ދިވެހިބަހުގެ އެކެޑަމީގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345299 ނަންބަރު ފޯނަށް، ނުވަތަ 3345297 ނަންބަރު ފޯނަށެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ