މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް މުޞްޙަފުތަކާއި، ޙަދީޘް ފޮތްތައް އަދި ޤުރުއާނުގެ ބައިތައް ހިމެނޭ ލިޔުންތައް ނައްތާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް މުޞްޙަފުތަކާއި، ޙަދީޘް ފޮތްތައް އަދި ޤުރުއާނުގެ ބައިތައް ހިމެނޭ ލިޔުންތައް ނައްތާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)142-A1/1/2016/96 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ ހަމައެކަނި އެއް ފަރާތަކުން ކަމަށްވާތީ އެ އަންދާސީހިސާބު ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 04 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ