ދިވެހިރާއްޖެ
އިޢުލާން
މާލެ ސިޓީގެ 27 މިސްކިތެއްގެ ފޮޅައި ސާފުކުރުމުގެ މަސައްކަތާއި، ސެކިއުރިޓީ ބެލެހެއްޓުން އަދި ކުދިކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެގެން ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)142-A1/12016/98 އިޢުލާނުގައި 27 މިސްކިތެއްގެ މަސައްކަތް އޮތްކަމުގައި ވީނަމަވެސް އެ އަދަދު މިހާރު ވަނީ 30 މިސްކިތައް ބަދަލުވެފައެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.
16 ޝައްވާލް 1437