ދިވެހިރާއްޖެ
ފިލާބިލްޑިންގ 1 އަދި ވިލިނގިލީ އެދުރުވެހި އިމާރާތުގައި މިހާރު ހުރި 2 ލިފްޓު ނަގައި އާ 2 ލިފްޓު ބަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)22-TF/1/2016/159) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، ތިރީގައި މި ދަންނަވާ 2 ޢިމާރާތުގައި ހުރި 2 ލިފްޓު ނަގައި އާ 2 ލިފްޓު ބެހެއްޓުމުގެ މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- ވިލިނގިލީ އެދުރުވެހި (ދެކުނު ފަރާތުގެ ލިފްޓު)
- ފިލާބިލްޑިންގ 1 ގެ ލިފްޓު
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ، އެދުރުހިޔާ 9 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ 11:00 އަށް |
2016 އޮގަސްޓު 8 ވާ ހޯމަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193 ނަންބަރު ފޯނަށެވެ.