ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރަޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސީނިއަރ އިންވެސްޓިގޭޝަންް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން: ހިއުމަން ރައިޓްސް ކޮމިޝަން، އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

މުސާރަ: މަހަކު -/11,550 ރުފިޔާ

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި: ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް.

މަޤާމުގެ ޝަރުޠު: މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަޑުގެ 7 ވަނަ  ސަނަދު ހާސިލުކޮށްފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އޮފިސަރުގެ މަޤާމުގައި މަދުވެގެން 4 އަހަރުދުވަހު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، % 90 މާކްސް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ޑިރެކްޓަރުގެ ލަފާގެމަތިން، ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވައި ހިންގުން.

- ހުށަހެޅޭ މައްސަލަތައް، ޑިރެކްޓަރުގެ ލަފާގެމަތިން ތަޙްޤީޤްކޮށް ބެލުން.

- އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުންނާއި ތަރައްޤީކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތް، ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ ލަފާގެމަތިން ކުރުން.

- ތަޙްޤީޤުތަކާ ގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައްކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.

މަޤާމް: އިންވެސްޓިގޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން: ހިއުމަން ރައިޓްސް ކޮމިޝަން، އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

މުސާރަ: މަހަކު -/10,550 ރުފިޔާ

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި: ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް.

މަޤާމުގެ ޝަރުޠު: މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަޑުގެ 7 ވަނަ  ސަނަދު ހާސިލުކޮށްފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބަ ލިބިފައިވުން، ނުވަތަ ކޮމިޝަނުގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ، މަސައްކަތުގެ ފެންވަރު ވަޒަންކޮށް، އެވްރެޖް % 90 މާކްސް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ހުށަހެޅޭ މައްސަލަތައް، ޑިރެކްޓަރުގެ ލަފާގެމަތިން ތަޙްޤީޤްކޮށް ބެލުން.

- ތަޙްޤީޤުތަކާ ގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައްކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.

- ކޮމިޝަނުގެ ޓޯލްފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމް: އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން: ހިއުމަން ރައިޓްސް ކޮމިޝަން، އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

މުސާރަ: މަހަކު -/9,550 ރުފިޔާ

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި: ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް.

މަޤާމުގެ ޝަރުޠު: މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަނުގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، އެވްރެޖް % 90  މާކްސް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- އިންސާނީ ޙައްޤެއް ގެއްލިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤްކުރުން.

- ހުށަހެޅޭ މައްސަލަތަކަށް ޙައްލެއް ގެނައުމަށް ދެފަރާތުން ވާހަކަދައްކައިގެން ޙައްލުކުރުމަށް އެހީތެރިދިނުމަށް އެކަން ކުރުމަށް މެދުވެރިއެއްގެ ރޯލް އަދާކުރަންޖެހޭ މައްސަލަތަކުގައި މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދި ފޮނުވާ ސިޓީ،

- މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާއެވެ. މި ކޮމިޝަނުގެ www.hrcm.org.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ވަނަވަރު،

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)،

- ރެފަރެންސް ލެޓަރ،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

އިންޓަވިއު:

މި މަޤާމުގެ އިންޓަވިއުއަށް ކިޔާނީ، ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ކިޔާނީ ތިއަރީ ޓެސްޓުގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަވިއުއަށްފަހުއެވެ.

ސުންގަޑި: 

2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން (ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ, 3003152 ނަންބަރު ފޯނަށް، ނުވަތަ 3003122 ނަންބަރުގެ ފޯނަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ހޮވޭ ފަރާތަކީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތެއްނަމަ، މަޤާމަށް ހޮވުމުން، ޕާޓީގެ ރަޖިސްޓްރީން ވަކިވާންވާނެއެވެ.

 12 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ