ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފައިނޭންޝަލް އެނަލިސްޓް

މަޤާމް :ފައިނޭންޝަލް އެނަލަިސްޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ފައިނޭންޝަލް އެނަލިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 12،687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5،437/50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރުޠު:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.

މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭގެ ލެވެލް 7/8ގެ ސެޓުފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފޯމެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ޕުރޮސީޖަރތަކާ އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

2- ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ހިސާބުތައް، ދުވަހުން ދުވަހަށް ނިންމައި، ރިޕޯޓުތައް ތައްޔާރުކުރުން.

3- އާމްދަނީއާއި ބަޖެޓް އެކައުންޓްތަކުގެ ރިޕޯޓުތައް ތައްޔާރުކުރުވައި، ރިކޮންސައިލްކޮށް، ދިމާވާ މައްސަލަތައް ޙައްލުކުރުން.

4- ބަޖެޓްތަކުން ޚަރަދުކުރާނެ މިންވަރު ދެނެގަނެ، މަސްތަކަށް ޚަރަދު ކަނޑައަޅައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

5- މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ކަންކަން ކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތު ދިނުން.

6- ކައުންސިލަށާއި އެހެން ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު، އާމްދަނީ / ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުމާއި ކުރުވުން.

7- އާންމުގޮތެއްގައި ފައިނޭންސް ސެކްޝަނުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް ރެވެނިޔު ސެކްޝަނާއި ބަޖެޓް ކޮންޓްރޯލް ސެކްޝަނުގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.

8- އެކައުންޓިންގ ސެކްޝަނުގެ ވެރިޔާ ޗުއްޓީ ނެގުމުން ނުވަތަ ނުހުންނަ ވަގުތުގައި އެކައުންޓިންގ ސެކްޝަނުގެ މަސައްކަތް ހަވާލުވެ، ސެކްޝަނުގެ މަސައްކަތްތައް ކުރުން.

9- ފައިނޭންސް ސެކްޝަނުގެ މަސައްކަތްތަކާއި، އާންމުގޮތެއްގައި ޔުނިވަރސިޓީގެ ގިނަ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ  މަރުކަޒުގެ  ރިސެޕްޝަނުން  ލިބެން  ހުންނާނެއެވެ. އަދި  ޔުނިވަރސިޓީގެ  ތިރީގައިވާ  ލިންކުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ވެބްސައިޓުގެ ލިންކް: http://mnu.edu.mv/images/downloads/Job%20Application.pdf 

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 އޮގަސްޓު 8 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.

 15 ޝައްވާލް 1437
20 ޖުލައި 2016
ހޯދާ