ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމު: މަސައްކަތު |
މަޤާމުގެ ގިންތި: ދާއިމީ |
މަޤާމުގެ ރޭންކް: އެސް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
އޮފީސް / އިދާރާ / ސެކްޝަން: ވ.އަތޮޅު ތަޢުލީމީ މަރުކަޒު |
ވަޒީފާ އަދާކުރަންޖެހޭ ތަން: ވ.އަތޮޅު ތަޢުލީމީ މަރުކަޒު |
މުސާރަ: މަހަކު -/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ) |
ބޭނުންވާ އަދަދު: 1 އެކެއް |
ޢިނާޔަތްތައް: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: 1. ސްކޫލުގެ ގޯތިތެރެ ކުނިކަހައި ބެލެހެއްޓުން. (ސްކޫލުން އަންގާ ގޮތެއްގެ މަތިން، ގަސްތައް ކޮށައި، ވިނަ ނޮޅައި، ސާފުކުރުން.) ސްކޫލުގެ ގޯތި ވަށައިގެންވާ ބޭރު މަގުތަކުގެ ސަރަހައްދު ކުނިކަހައި ސާފުކުރުން. 2. ސްކޫލުގެ ގޯތިތެރޭގައިވާ ހުރިހާ އިމާރާތެއް ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން. 3. ސްކޫލުގެ ގޯތިތެރެއާއި، އެތަނުގައިވާ އެންމެހައި އިމާރާތްތައް އަބަދުމެ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުން. 4. ދަރިވަރުންނާއި ޓީޗަރުންގެ ފާޚާނާތައް ކޮންމެ ދުވަހަކުވެސް މަދުވެގެން 1 ފަހަރު ދޮވެ ސާފުކުރުން. 5. މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުން ހަވާލުކުރާ މަސައްކަތްތައް ކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ވ.އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) 3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 7. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. |
ސުންގަޑި: މަޤާމުތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ވ.އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް: ފޯން: 6700026 |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: ތަޢުލީމާއި ތަމްރީނު. މަސައްކަތުގެ ތަޖުރިބާ. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް. |
އިންޓަރވިއު ކުރުން: މި މަޤާމަށް މީހުން ހޮވުމަށް އިންޓަރވިއު އޮންނާނެ ތާރީޚު ފަހުން އަންގާނެއެވެ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. |
ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
15 ޝައްވާލް 1437