އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

މަޤާމް:

މަސައްކަތު 

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: އެސް. އެސް. 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޑިވިޜަން / ސެކްޝަން:

އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަނގޮޅިތީމް ސްކޫލް / ރ. އަނގޮޅިތީމް

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން:

އަނގޮޅިތީމް ސްކޫލް / ރ. އަނގޮޅިތީމް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސްކޫލުގެ ސަރަހައްދު ކުނިކަހައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.

2. ސްކޫލުގައިހުރި ހިފައިގެންގުޅޭ ތަކެއްޗާއި، މެޝިންތަކާއި، އިކްވިޕްމަންޓްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއެކު، ސްކޫލުގައި ހިފައިގެންގުޅޭ ތަކެތި ދަބަރުޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

3. ސްކޫލުގެ އިމާރާތުގައި ހިމެނޭ އެކިތަންތަނުގެ ތަޅުންގަނޑު ކުނިކަހައި މޮޕްއަޅައި ސާފުކުރުން.

4. ސްކޫލުގެ ބޭނުންތަކުގައި އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، ޕާރުސަލް ފަދަ ތަކެތި، އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސްދިނުން.

5. ސްކޫލުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށް މަސައްކަތްކުރުން.

6. ސްކޫލުގެ ފަންކާތަކާއި ފެންލައިޓްތަކާއި، ދޮރުތައް ފޮޅައި ސާފުކުރުން.

7. ސްކޫލުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތައިލުމާއި، ނައްތައިނުލެވޭ ޒާތުގެ ކުނި އެފަދަ ތަކެތި އުކާލުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން.

8. ސްކޫލުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

9. ސްކޫލުގެ ފަރާތުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި، ވެރިން އަންގަވާ ކަންތައްތައް ކުރުން.

10. މަސައްކަތު މީހާގެ މަސައްކަތް ސުޕަވައިޒްކުރާ ފަރާތުންދޭ ލަފަޔާއި އިރުޝާދު ގަބޫލުކޮށް، އެގޮތުގެމަތިން މަސައްކަތް ކުރިއަށްގެންދިއުން.

11. ސްކޫލުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، ސްކޫލުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ)

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، 2016 އޮގަސްޓު 3 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، އަނގޮޅިތީމް ސްކޫލުގެ އިދާރީ އޮފީހަށް ހުށަހަޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6580408 ނަންބަރު ފޯނަށެވެ.

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ