މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

  • މަޤާމު:              ޕްލޭނިންގ އޮފިސަރ
  • ރޭންކް:              އެމް.އެސް 1
  • ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް1
  • އޮފީސް / އިދާރާ:       މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
  • ސެކްޝަން:           އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް
  • ވަޒީފާ އަދާކުރަންޖެހޭ ތަން:  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ/ ބ. އޭދަފުށި
  • މުސާރަ:            މަހަކު -/5610 ރުފިޔާ
  • ސަރވިސް އެލަވަންސް:    މަހަކު -/2000 ރުފިޔާ
  • ބޭނުންވާ އަދަދު:        01 ( އެކެއް )

ތަޢުލީމާއި ތަޖުރިބާ

1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1- އަތޮޅުގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާބެހޭ އެންމެހައި ކަންކަން ކުރުން.

2- އިދާރީ ދާއިރާގެ އެންމެހައި ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވާލައްވައި އެ ދަފްތަރު ބަލަހައްޓައި، އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

3- އިދާރީ ދާއިރާގެ ތަރައްޤީއަށް ތަފާތު ޕްރޮޖެކްޓްތައް ރާވައި ޕްރޮޕޯޒަލް ތައްޔާރުކޮށް އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ އެހީ ސަރުކާރާއި އެހީދޭ ޖަމާޢަތްތަކާ ގުޅިގެން ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

4- ރަށްރަށުގެ ޢުމްރާނީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ރަށްރަށުގެ ރަށުކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތް ފަދަ އަމިއްލަ އެކިއެކި ފަރާތްތަކުން އެހީ ހޯދުމަށް ހުށަހަޅާ މަޝްރޫޢުތަކުގެ ޕްރޮޕޯޒަލްތަކަށް އެހީ ހޯދައިދިނުމަށް ބާރުއެޅުމާއި މިފަދަ މަޝްރޫޢުތައް ހިންގުމުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ( މަސައްކަތްކުރިކަމުގެ ލިޔުން ހުށަހެޅުން )

3- މަސައްކަތްކުރުމުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

03 އޮގަސްޓު 2016 ން 15 އޮގަސްޓު 2016 އާ ދެމެދު އަތޮޅުކައުންސިލް އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 02 އޮގަސްޓު 2016 (އަންގާރަ) ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއަށް އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ލިޔުންތައް ހުށަހެޅޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމާމެދު އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ:

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް  ބަޔާންކުރާ ފޯމު"

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6608300 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6608301 އެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ.              

14 ޝައްވާލް 1437

19 ޖުލައި 2016
ހޯދާ