ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތު

އިޢުލާން

ތިރީގައި މިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ 3000 މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން ފެކަލްޓީ އޮފް އެޑިޔުކޭޝަނުގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތެވެ. މި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1. ބެޗްލަރ އޮފް އެޑިޔުކޭޝަނުން ދިވެހިލޭންގްވިޖް އެންޑް ލިޓްރޭޗަރ

  ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހިލޭންގްވިޖް އެންޑް ލިޓްރޭޗަރ)

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

      3 އަހަރު (6 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  މާލެ (60 ޖާގަ)، އދ. މަހިބަދޫ (30 ޖާގަ)، ށ. މިލަންދޫ (30 ޖާގަ)، ހއ. ދިއްދޫ (30 ޖާގަ)، ޅ އަތޮޅު (30 ޖާގަ) – ބްލޮކް މޯޑު

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު، ދިވެހިން ދަށްވެގެން "ބީ" ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަ ވާން އެދޭ މާއްދާތަކުން ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއެކު، އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 2 އަހަރުދުވަހު، ސްކޫލެއްގައި ޚާއްޞަ ވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

2. ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ

  ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ

މުއްދަތު: ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ – 3 އަހަރު (6 ސިމެސްޓަރ)

ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ - 4 އަހަރު (8 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ (30 ޖާގަ)، އދ. މަހިބަދޫ (30 ޖާގަ)، ށ. މިލަންދޫ (30 ޖާގަ)، ހއ. ދިއްދޫ (30 ޖާގަ)، ޅ އަތޮޅު (30 ޖާގަ) – ބްލޮކް މޯޑު  

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރުދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

* ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

3. ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (މެތަމެޓިކްސް) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (30 ޖާގަ)، އދ. މަހިބަދޫ (30 ޖާގަ)، ށ. މިލަންދޫ (30 ޖާގަ)، ހއ. ދިއްދޫ (30 ޖާގަ)، ޅ އަތޮޅު (30 ޖާގަ) – ބްލޮކް މޯޑު

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ށ. ހިސާބު ހިމެނޭގޮތަށް ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ/އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. ހިސާބު ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް އޮތުމާއެކު، އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ރ. ހިސާބު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރުދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ބ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 2 އަހަރުދުވަހު، ސްކޫލެއްގައި ހިސާބު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ޅ. އުމުރުން 25 އަހަރުވުމާއެކު، ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރުދުވަހު ޘާނަވީ ލެވެލްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

4. ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ

  ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (އޮނަރސް)

މުއްދަތު:  ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ: 3 އަހަރު (6 ސިމެސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (އޮނަރސް): 4 އަހަރު (8 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (60 ޖާގަ)، އދ. މަހިބަދޫ (30 ޖާގަ)، ށ. މިލަންދޫ (30 ޖާގަ)، ހއ. ދިއްދޫ (30 ޖާގަ)، ޅ އަތޮޅު (30 ޖާގަ) – ބްލޮކް މޯޑު

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާގޮތް

      އެކައުންޓިންގ އާއި މެތަމެޓިކްސް         ބައޮލޮޖީ އާއި މެރިން ބައޮލޮޖީ

      ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް      މެތަމެޓިކްސް އާއި މެރިން ބައޮލޮޖީ   

      ކެމިސްޓްރީ އާއި ފިޒިކްސް             ބައޮލޮޖީ އާއި ކެމިސްޓްރީ   

      މެތަމެޓިކްސް އާއި ފިޒިކްސް    

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޚާއްޞަ ވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ށ. ޚާއްޞަ ވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ/އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. ޚާއްޞަ ވާން އެދޭ މާއްދާތަކުގެ ތެރެއިން ކޮންމެވެސް އެއް މާއްދާއަކުން ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް އޮތުމާއެކު، ދެވަނަ މާއްދާއިން ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފާހެއް އޮތުން. ނުވަތަ އެފެންވަރު ހުރުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ރ. ޚާއްޞަ ވާން އެދޭ މާއްދާތަކުން ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރުދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ބ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 2 އަހަރުދުވަހު، ސްކޫލެއްގައި ޚާއްޞަ ވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ޅ. އުމުރުން 25 އަހަރުވުމާއެކު، ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރުދުވަހު ޘާނަވީ ލެވެލްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

5. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (30 ޖާގަ)، އދ. މަހިބަދޫ (30 ޖާގަ)، ށ. މިލަންދޫ (30 ޖާގަ)، ހއ. ދިއްދޫ (30 ޖާގަ)، ޅ އަތޮޅު (30 ޖާގަ) – ބްލޮކް މޯޑު

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. އަދި ޖީ.ސީ.އީ އޯ ލެވެލް އިނގިރޭސި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ؛

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ރ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރުދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ބ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރުދުވަހު ޘާނަވީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ؛

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.                

6. ބެޗްލަރ އޮފް ޓީޗިންގއިން ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން

  ބެޗްލަރ އޮފް އެޑިޔުކޭޝަން (ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން) - އޮނަރސް

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން: 2 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން (ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން) އޮނަރސް: 4 އަހަރު (8 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (30 ޖާގަ)، އދ. މަހިބަދޫ (30 ޖާގަ)، ށ. މިލަންދޫ (30 ޖާގަ)، ހއ. ދިއްދޫ (30 ޖާގަ)، ޅ އަތޮޅު (30 ޖާގަ) – ބްލޮކް މޯޑު

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިހާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރުދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. އުމުރުން 25 އަހަރުވުމާއި 5 އަހަރުދުވަހު ފިޒިކަލް އެޑިޔުކޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

19 ޖުލައި 2016
ހޯދާ