ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ވެނީޝިއަން ބްލައިންޑް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ހޯލުގެ ކުދި ދޮރުތަކުގައި ދެމުމަށް ވެނީޝިއަން ބްލައިންޑް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:     

މި ސްކޫލުގެ ހޯލުގެ ކުދި ދޮރުތަކުގައި ދެމުމަށް ވެނީޝިއަން ބްލައިންޑް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިއުލާނަށް އިޖާބަދީ ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވަތީ އެ އިއުލާން ބާޠިލުކޮށް އެކަމަށްއެދި އަލުން އިއުލާންކުރަމެވެ.

ވީމާ، މި ސްކޫލުން ދޭ މައުލޫމާތާ އެއްގޮތަށް މި ތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:30 އަށް، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނިތަކަށެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓައި އިޢުލާނުކުރީމެވެ.

12 ޝައްވާލް 1437

17 ޖުލައި 2016
ހޯދާ