އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ތަކެތި ރައްކާކުރާނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގައި ތަކެތި ރައްކާކުރާނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް:        

މި ސްކޫލުގެ ނަންބަރު GS124/IUL/2016/22 (15 ޖޫން 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން އެ ފުރުޞަތު ހުޅުވާލި ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 02 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 08 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތުދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 6580316 ނަންބަރު ފޯނާ ގުޅުއްވުމުން އެ މަޢުލޫމާތު ދެވޭނެއެވެ.

13 ޝައްވާލް 1437

18 ޖުލައި 2016
ހޯދާ