ދިވެހިރާއްޖެ
އިޢުލާން
ގދ. ގައްދޫ، ވާދޫ އަދި ފިޔޯރީ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
ގދ. ގައްދޫ، ވާދޫ އަދި ފިޔޯރީ ޞިއްޙީމަރުކަޒުގައި ކުރިން ދުއްވި އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ASMH/MSS/IUL/2016/08 (26 މޭ 2016) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ޓެންޑަރ ކޮމެޓީއަށް ފެންނާތީ، މި އިޢުލާން ބާޠިލުކޮށް، ގދ. ގައްދޫ، ވާދޫ އަދި ފިޔޯރީ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
16 ޝައްވާލް 1437