ދިވެހިރާއްޖެ
އިޢުލާން
މާފުށީ ޖަލުގެ އިދާރީ އޮފީސް އިމާރާތާއި މެޑިކަލް ޕޯސްޓް އިމާރަތްކުރާނެ ފަރާތެއް ހޯދުމަށް:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގައި ހެދުމަށް ހަމަޖެހިފައިވާ އިދާރީ އޮފީހާއި މެޑިކަލް ޕޯސްޓް އިމާރާތްކުރުމަށްޓަކައި އެ ދެ އިމާރާތުގެ ޑީޓެއިލް ޑްރޯއިންއާއި ބީއޯކިއޫ އަދި އިމާރާތްކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)167-CC/PR/1/2016/32 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ ދެ ފަރާތުން ކަމަށްވާތީ، މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގައި ހެދުމަށް ހަމަޖެހިފައިވާ އިދާރީ އޮފީހާއި މެޑިކަލް ޕޯސްޓް އިމާރާތްކުރުމަށްޓަކައި އެ ދެ އިމާރާތުގެ ޑީޓެއިލް ޑްރޯއިންއާއި ބީއޯކިއޫ އަދި އިމާރާތްކުރާނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
03 އޮގަސްޓު 2016 |
ބުދަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
09 އޮގަސްޓު 2016 |
އަންގާރަ |
11:00 |
14 ޝައްވާލް 1437