ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ގުރައިދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން / ގުރައިދޫ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ސްކޫލުގެ ފަންކާތަކާއި ހޮޅިބުރިތައް މަރާމާތުކުރުމާއި، ގަސްތައް ކަނޑައި، ކުނިތައް އުކުން.
2- ސްކޫލުގެ ފާޚާނާތައް ދޮވެ ސާފުކޮށް، އެ ފާޚާނާތަކުގެ ފްލެޝްޓޭންކާއި އިސްކުރުފަދަ ތަކެއްޗަށްޖެހޭ މައްސަލަތައް ޙައްލުކުރުމާއެކު، ނަރުދަމާ ނިޒާމަށް ދިމާވާ ކަންތައްތައް ބެލެހެއްޓުން.
3- ކްލާސްތައް ކުނިކަހައި، ބިއްލޫރި ދޮރުތައް ފޮހެ، ސާފުކޮށް، މޮޕްއެޅުމާއި، ކްލާސްތަކުގެ ޑަސްބިންތައް ސާފުކޮށް ކުނިއުކަން ކަނޑައެޅިފަވާ ސަރަހައްދަށް ކުނިއުކުން.
4- ފުރާޅުމައްޗަށް އަރައި ދިޔަދޮވި ސާފުކުރުމާއި، އެކިއެކި ޖަލްސާތަކާއި މުނާސަބަތުތަކުގައި ބޭނުންވާ ގޮނޑިޖެހުން.
5- ސްކޫލުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އެހީތެރިވެދިނުން.
6- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްކުރުން.
މަޤާމުގެ ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، މަސައްކަތުމީހެއްގެ މަޤާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
އިންޓަރވިއު ކުރުން
ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ، 2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެރޭ 8:30 ގައި ގުރައިދޫ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގުރައިދޫ ސްކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގުރައިދޫ ސްކޫލުގެ 6640574 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
12 ޝައްވާލް 1437