ދިވެހިރާއްޖެ
އިޢުލާން |
||||||||||||
އަންދާސީ ހިސާބު ބޭނުންވެއްޖެ. ނޭޝަނަލް ޑްރަގް އެޖެންސީ (ގ.ގްރީންގެ) ގައި އުފެދޭކުނި 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އުކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2016/44) (11 ޖުލައި 2016) އިޢުލާނަށް މައުލޫމާތު ސާފުކުރެއްވުމަށް ތިން ފަރާތުން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއަވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
15 ޝައްވާލް 1437 |