ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

އިޢުލާން


މި އޮތޯޓީގެ ނަންބަރު: 13 (IUL)428/1/2016/ (18 ޖުލައި 2016) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. އިޢުލާނުގައިވާ ކޯސްތަކުގެ ޝަރުޠު ރަނގަޅަށް ހިމެނިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

 500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ގުޅިގެން 500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަހަރު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ބައިވެރިވާ ފަރާތަކަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގައެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް ލިބޭނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ސަނަދެކެވެ. ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅެއްވުން އެދެމެވެ.

ކޯހުގެ ފީ:

މި ޕްރޮގްރާމްގެ ދަށުން ކޯހަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.

ކޯހަށްވަދެވޭ ޝަރުޠާއި މުއްދަތު

ކޯހުގެ ލެވެލް

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

ކޯހުގެ މުއްދަތު

ސެޓްފިކެޓް 4 އިން ނަރސިންގ

  1. ޖީ.ސީ.އީ އޯ ލެވެލް 3 މާއްދާއިން (އެސް.އެސް.ސީ މާއްދާތައް ނުހިމަނައި) ފާސްވެފައިވުން.

12 މަސްދުވަސް

 

ޑިޕްލޮމާ އިން ނާރސިންގ

ހ. ޖީ.ސީ.އީ އޯލެވެލްގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ

ށ. ނަރުސްކަމުގެ ދާއިރާއިން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އިނގިރޭސިބަހުގެ ފެންވަރު ސަނަދެއް އޮތުން.

03 އަހަރުދުވަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު (ފުރިހަމަ ކޮށްފައިވާ)

ށ- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް

ނ- ތަޢުލީމީ ސަނަދުތަކުގެ ކޮޕީ

ރ- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރިކަން އެނގޭނެ ލިޔުމެއް

ބ. ވަޒީފާ އަދާކުރާ ފަރާތެއްނަމަ މި ކޯސް ހެދުމަށް ވީއްލާނެ ކަމުގެ ލިޔުން

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯރ) ނުވަތަ [email protected]  އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ :

  1. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެބްސައިޓް: www.moe.gov.mv                
  2. ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް: www.tvet.gov.mv

ނޯޓު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341277،3341269 ،3341315 އަދި 3341275 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

 

 

19 ޖުލައި 2016
ހޯދާ