މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފްލައިޓް އޮޕަރޭޝަންސް އޮފިސަރ

މަޤާމު:

ފްލައިޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

ފްލައިޓް އޮޕަރޭޝަންސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ   OPS3 (B1)

މުސާރައާއި އެލަވަންސް:

އިންޑަސްޓްރީއާ އަޅާކިޔޭވަރުގެ މުސާރައާއި އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުޠު:

1- ކޮމާޝަލް ޕައިލޮޓް ލައިސެންސެއް އޮތުމާއެކު،

- އެސް އެސް ސީ އިމްތިޙާނުގައި ދިވެހި، ސާނަވީ އިމްތިޙާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން.

- ޕައިލޮޓްކަން ކުރުމާއެކު، ފްލައިޓް އޮޕަރޭޝަންސްގެ ދާއިރާއިން ޖުމްލަ 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- އެއަރލައިން ޓްރާންސްޕޯޓް ޕައިލޮޓް ލައިސަންސް އޮތުމާއެކު،

- އެސް އެސް ސީ އިމްތިޙާނުގައި ދިވެހި، ސާނަވީ އިމްތިޙާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން.

- އެސިސްޓެންޓް ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދަ (އެއަރ އޮޕަރޭޓަރސް ސެޓުފިކެޓު) އަދި ޕައިލޮޓުން ތަމްރީނު ކުރާ ސްކޫލު ހުއްދަ (ފްލައިންގ ޓްރޭނިންގ އޮގަނައިޒޭޝަން) ދިނުމުގެ ގޮތުން ތިރީގައިވާ ކަންތައްތައްކުރުން
  2. ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުޠާލިޢާކޮށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދައަށްް އެދޭ ފަރާތުގެ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މުޠާލިޢާކުރުން
  3. ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންސް ހެދުން
  4. އަދި ހެދިފައިވާ ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ހުއްދަދީ (އެއަރ އޮޕަރޭޓަރސް ސެޓުފިކެޓު) ބެލެހެއްޓުން
  5. ބައިނަލްއަޤުވާމީ ވައިގެދަތުރުފަތުރުގެ ޖަމްޢިއްޔާ (އައިކާއޯ) އިން ލާޒިމުކުރާ ގޮތުގެ މަތިން، އެއަރ އޮޕަރޭޓަރސް ސެޓުފިކެޓު އަދި/ނުވަތަ ފްލައިންގ ޓްރޭނިންގ އޮގަނައިޒޭޝަންގެ ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުން
  6. އެއަރ އޮޕަރޭޓަރސް ސެޓުފިކެޓު އަދި/ނުވަތަ ފްލައިންގ ޓްރޭނިންގ އޮގަނައިޒޭޝަން ދެވިފައިވާ ފަރާތްތަކުގެ އޮޕަރޭޝަންސް މެނުއަލްތަކަށް އަންނަ ބަދަލުތައް މުޠާލިޢާކުރުމާއި އެބަދަލުތަކަށް ހުއްދަ ދިނުން.
  7. ޕައިލޮޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންނާބެހޭ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުޠާލިޢާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން. އަދި ހެދިފައިވާ ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ހުއްދަދީ (ލައިސަންސް/ސެޓުފިކެޓު/ވެލިޑޭޝަން) ބެލެހެއްޓުން.
  8. ޕައިލޮޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންގެ މެޑިކަލް އެގްޒެމިނަރުންނަށް ހުއްދަދިނުމުގެ ގޮތުން، ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، ލިޔެކިޔުންތައް މުޠާލިޢާ ކުރުމާއި، މެޑިކަލްއާ ގުޅުން ހުރި ކަންކަމުގައި ގޮތެއް ނިންމުމުގައި މެޑިކަލް އެގްޒެމިނަރުންނާ ވިލަރެސް ކުރުން
  9. ގަވާއިދުތަކާ އެއްގޮތަށް ހުއްދަދީ ބަލަމުންދާއިރު، އެކަމެއްް ނުވަތަ އެތަނެއް ނުވަތަ އެތަނަކާ ގުޅޭ ކަމެއް ވަނީ ގަވާއިދާ ޚިލާފަށް ނުވަތަ ސަލާމަތީގޮތުން އެކަށީގެންނުވާ ފެންވަރަކަށް ނުވަތަ ގޮތަކަށް ކަމަށްވާނަމަ، އެތަނެއް ނުވަތަ އެކަމެއް އިޞްލާޙު ކުރުމަށް، ހެދިފައިވާ ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް، ފިޔަވަޅު އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން.

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިނިންގއާއި ތަޖުރިބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

1- 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

19 ޖުލައި 2016
ހޯދާ