ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4 (ޖެނެރަލް ސަރވިސް 4)

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

އޮފީސް/ އިދާރާ ޔުނިޓް:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ (ކޯޕަރޭޓް އެފެއާޒް ޔުނިޓް)

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ، ހއ. މާރަންދޫ

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

1. ރިސެޕްޝަން ކައުންޓަރު ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން.

2. އިދާރާއާއި، އިދާރާއާ ގުޅިފައިވާ ތަންނަނަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދައި، ފޯމުތައް ހަދައި، އޯޑަކުރުން.

3. ފައިސާ ބަލައިގަތުން.

4. ފައިސާގެ ރަޝީދު ލިޔުން/ ފައިސާ ބަލައިގަތުން.

5. ލިބޭ ފައިސާ ދުވަހުގެ ފޮތަށް އެރުވުމާއި، ތިޖޫރީއަށް ޖަމާކުރުމާއި، އައިޓަމް ބާކީއަށް ނެގުން.

6. ޚަރަދު ވައުޗަރ ތައްޔާރުކުރުން.

7. ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން.

8. ޗެކް ހަވާލުކުރުމާއި، ޗެކް ރަޖިސްޓްރީ ބެލެހެއްޓުން.

9. އިދާރާއަށް ލިބޭ އާމްދަނީގެ ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

10- ބަޖެޓާ ނުބެހޭ ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުން.

11- ފައިސާއާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.

12- ޒަކާތާބެހޭ ކަންތައްތައް

(ހ) ފަގީރުންނާއި މިސްކީނުންގެ ލިސްޓް ތައްޔާރުކުރުމާއި، ލިސްޓް ފޮނުވަންޖެހޭ ދާއިރާތަކަށް ފޮނުވުން.

(ށ) ފަގީރުންނާއި މިސްކީނުންނަށް ބަހަން ލިބޭ ފައިސާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކަމާގުޅޭ ދާއިރާއަކުން އަންގާ ގޮތެއްގެ މަތިން ބެހުން.

(ނ) ފައިސާ ހަވާލުކުރިގޮތުގެ ލިޔުން ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

13- ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފާއިސާ ހަވާލުކުރުން.

14- ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ 2،1 ގެ ރިޕޯޓްތައް ތައްޔާރުކުރުން.

(ހ) ތިޖޫރީ ރިޕޯޓު.

(ށ) މުވައްޒަފުންގެ ހާޒިރީ ރިޕޯޓު.

15- އިދާރާއިން ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، ލިޔުންފަދަ ތަކެތި ތައްޔާރުކުރުމާއި، އެތަކެތި ފޮނުވުމާއި، ފެކްސްކުރުމާއި، މެއިލްކުރުން.

16- މުވައްޒަފުންގެ ހާޒިރިއާއި، ޗުއްޓީއާއި، ސަލާމުގެ ކަންކަން ބެލެހެއްޓުން.

(ހ) މުވައްޒަފުން ސޮއިކުރުމަށް ހާޒިރީފޮތް ތައްޔާރުކުރުން.

(ށ) މަސް ނިމުމުން، ހާޒިރީ ރިޕޯޓު ތައްޔާރުކުރުން.

(ނ) ސަލާމުގައި ނުވަތަ ޗުއްޓީގައި ނުވަތަ އިދާރާގެ ބޭނުމަށް ރަށުންބޭރުގައި ނުވަތަ ހާޒިރުނުވާ މުވައްޒަފުން ގަވާއިދުން ހާޒިރީގައި ރެކޯޑްކުރުން.

(ރ) މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށް ހަވާލުކުރުން.

17- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

18- ކައުންސިލް އިދާރާއިން ކުރާ ދަތުރުތައް ހަމަޖެއްސުން.

19- މުއާސަލާތާބެހޭ ތަކެއްޗާއި މެޝިނަރީއާއި އިމާރާތް މަރާމާތުކޮށް ބެލެހެއްޓުން.

20- އިދާރާގެ ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސޮފްޓްވެއަރ ޕްރޮގުރާމްތައް ހޯދުން.

21- ކުރިއަށް އޮންނަ އަހަރުގެ ލަފާކުރާ ބަޖެޓުގައި ހިމަނަންޖެހޭ މަޢުލޫމާތުތައް ޗެކްކުރުމަށްފަހު، ބަޖެޓް ތައްޔާރުކޮށް. ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން.

22- ފައިލްކުރުން.

23- މުވައްޒަފުން ލެއްވުމާއި، ބަދަލުކުރުމާއި، ވަކިކުރުމާބެހޭ ކަންތައްތައް ބެލެހެއްޓުން.

(ހ) މަޤާމުތަކަށް ބޭނުންވާ މީހުން ހޯދުމަށް HRMD ކޮމެޓީން ނިންމާ ގޮތެއްގެމަތިން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

(ށ) ވަޒީފާއަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުން.

(ނ) ވަޒީފާ ބަދަލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ދޫކޮށްލުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

(ރ) މުވައްޒަފުންނަށް ބޭނުންވާ ކުރިއެރުން ހޯދުމަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.

(ބ) ޚިދުމަތުގައިތިބޭ މުވައްޒަފުންނަށް އިތުރަށް ޓްރޭނިންގ ދިނުމާބެހޭ ކަންތައްތައް ރާވައި ހިންގުން.

24- ފޮތްތަކުގައި ނަންކޮޅު ތަތްކުރުމާއި، ގަނޑު ލެއްވުމާއި، ސެލޯފިން ލެއްވުމާއި، ފައިލްތަކުގައި ނަންކޮޅު ހަރުކުރުން.

25- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

26- މަތީގައި ބަޔާންކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ވެރިން އަންގަވާ، އިދާރާގެ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

* ލިބިފައިވާ ތަޢުލީމާއި ތަމްރީން.

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް

 

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން،  "ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު" ފުރިހަމަކުރުމަށްފަހު، 2016 އޮގަސްޓު 8 ވާ ހޯމަދުވަހުގެ 12.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރުގެ ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500061 އެވެ.

12 ޝައްވާލް 1437

17 ޖުލައި 2016
ހޯދާ