ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ކައުންސިލަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 |
މަޤާމުގެ އަސާސީ މުސާރަ: |
މަހަކު -/5,610 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/2,000 ރުފިޔާ |
||
ވަޒީފާ އޮތް އޮފީސް: |
ހުވަދޫ ސްކޫލް |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހުވަދޫ ސްކޫލް / ގދ. ފަރެސްމާތޮޑާ |
||
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ޝަރުޠު:
ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ނޯޓު: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައްކަމުގައި ބަލާނީ، ކައުންސެލިންގެ ދާއިރާއެވެ.
މައިގަނޑު މަސްއޫލިއްޔަތުތައް:
- ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާއި، އެ ޕްރޮގްރާމުތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތައް ބެލެހެއްޓުން.
- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕްހެދުން.
- ދަރިވަރުންގެ ނަފްސާނީ މައްސަލަތަކާއި، ޖިސްމާނީ މައްސަލަތަކާއި، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
- ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުވައިދިނުން.
- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި ޙަފްލާތަކަށް، މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.
- ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޙަފްލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތުގައި ބައިވެރިވެ، އެކަމަށް ސްކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސުކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުވަދޫ ސްކޫލުން، ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
- ހަވާލުކުރެވޭ މަސައްކަތް ނިންމާގޮތާއި، ޕާރފޯމަންސަށް ބަލައިގެން.
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 2 ހަފުތާގެ ތެރޭގައި ހުވަދޫ ސްކޫލުގައެވެ.
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހުވަދޫ ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހުވަދޫ ސްކޫލުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ފިރުޝާން ތައުފީޤުގެ ނަންބަރު 7570886 ގެ ފޯނަށް ގުޅުން އެދެމެވެ.
12 ޝައްވާލް 1437