މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 4 (ޖެނެރަލް ސަރވިސް 4)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

އޮފީސް/އިދާރާ: އަލިފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް މެނެޖްމެންޓް ނުވަތަ ހިއުމަން ރިސޯސް މެނެޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

2. އިދާރާއާއި އިދާރާގެ ދަށުގައިވާ އިމާރާތްތަކާއި ތަންތަނުގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.

3. ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.

4. އިދާރާއިން ބަލަހައްޓަމުންގެންދާ ސްޓޮކްތައް ފުރިހަމަކޮށް ބެލެހެއްޓުން.

5. އިދާރާއަށް ހޯދަން ބޭނުންވާ ތަކެތި ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6. ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް ފީ ކަނޑައެޅުމާއި ފީނެގުމާބެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

7. މުސާރަޝީޓް ތައްޔާރުކުރުމާއި، މަހުންމަހަށް ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރާ ޝީޓްތައް ތައްޔާރުކުރުމާއި، މުސާރައާއި އެފަދަ ފައިސާ ހަވާލުކުރުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

އިދާރާއަށް ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަތުމާއި ދުވަހުފޮތާއި ތިޖޫރިބާކީ ލިޔެ ފުރިހަމަކޮށް، ލިބޭފައިސާ ތިޖޫރީކުރުމަށް ތިޖޫރި ހަވާލުވެ ހުންނަ މުވައްޒަފަކާ ހަވާލުކުރުން.

9. ކައުންސިލްގެ އާމްދަނީއާއި، ސަރުކާރުން ކައުންސިލް ހިންގުމަށްދޭ ފައިސާއާއި، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ލިބޭ ފައިސާއާއި، ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކަށް ފޮނުވުމަށް ލިބޭ ފައިސާގެ އެންމެހައި ރެކޯޑު ފުރިހަމަކޮށް ބެލެހެއްޓުން.

10. ކައުންސިލްގެ އާމްދަނީއާއި، ސަރުކާރުން ކައުންސިލް ހިންގުމަށްދޭ ފައިސާއާއި، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ލިބޭ ފައިސާއިން ކުރެވޭ ޚަރަދުތަކުގެ އެންމެހައި ރެކޯޑު ފުރިހަމަކޮށް ބެލެހެއްޓުން.

11. ސަރުކާރުގެ އެހެން އިދާރާތަކަށް ފޮނުވުމަށް ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ފޮނުވުމުގެ މަސައްކަތްތައް ކުރުން.

12. ބަޖެޓާ ގުޅޭގޮތުން މާލިއްޔަތާބެހޭ ޤާނޫނާ ގަވާއިދުތަކުގެދަށުން ހަދަންޖެހޭ ރިޕޯޓްތައް ހެދުން.

13. ކައުންސިލްގެ އާމްދަނީއާ ގުޅޭގޮތުން ހެދުމަށް ކައުންސިލުން ކަނޑައަޅާ ރިޕޯޓްތައް ހެދުން.

14. ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ހެދުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

15. ފައިސާ ޚަރަދުކުރުމާއި، ބިލްތަކަށް ފައިސާ ހަވާލުކުރުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.

16. ފައިސާގެ ވައުޗަރުތައް ޗެކްކުރުން.

17. ހަވާލުކުރެވިފައިވާ މަސައްކަތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ރެކޯޑްތައް ފުރިހަމަކުރުމާއި، ހަދަންޖެހޭ ރިޕޯޓުތައް ހެދުމާއި، ފޮނުވަންޖެހޭ ތަންތަނަށް ރިޕޯޓުތައް ފޮނުވުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

18. މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އަދި ޒިންމާދާރު ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. ލިބިފައިވާ މަސައްކަތުގެ ހުނަރު.

4. އިންޓަވިއު.

އިންޓަވިއުއާއި، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2016 ޖުލައި 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އަލިފުށީ ކައުންސިލްގެ އިދާރާއަށެވެ. މި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެއްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6580021 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.        

                                          9 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ