ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

   މަޤާމު:                        ޑިރެކްޓަރ

   ބޭނުންވާ އަދަދު:                   01

   ރޭންކް:                        EX1

   ކްލެސިފިކޭޝަން:                   ޑިރެކްޓަރ

   މުސާރަ:                       -/8835 ރުފިޔާ (މަހަކު)

   ސަރވިސް އެލަވަންސް:               -/2000 ރުފިޔާ (މަހަކު)

   ވަޒީފާ އޮތް އޮފީސް:                ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                       ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް:           ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ 

ޝަރުޠު:

1. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަޖެޓްގެ އެކައުންޓްތަކާއި އަދި ބަޖެޓާނުބެހޭ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ގަވާއިދުން ބެލެހެއްޓެވުމާއި، ފައިސާއާ ބެހޭގޮތުން އޯޑިޓްއޮފީހަށާއި އަދިވެސް އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ގަވާއިދުން ހަދައި ފޮނުވުން.
  2. އިންސްޓިޓިއުޓަށް ލިބޭ ބޭރުގެ އެހީގެ ތަކެއްޗާއި، ފައިސާގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓެވުމާއި މިކަމާ ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  3. އޮފީހުގެ ޕްރޮކިއުމަންޓާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  4. ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުން،
  5. ތަފާތު ކޯސްތަކާއި ވާރކްސޮޕް އަދި ޓްރެއިނިންގ ފަދަ ކަންކަމަށް ގެނެވޭ ފަރާތްތަކަށް އެލަވަންސާއި އިނާޔަތް ދިނުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން.
  6. ރާއްޖެއިން ބޭރުން ގެނެވޭ ކޮންސަލްޓެންޓުންނާއި، ވޮލަންޓިއަރުންގެ ދަތުރުފަތުރާއި އެކޮމަޑޭޝަނާއި އަދިވެސް ފައިސާއާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  7. މަރުކަޒުގެ ދަށުގައިވާ ޢިމާރާތްތަކާއި، އެތަންތަނުގައި ހުންނަ އެންމެހާ ތަކެތި ބެލެހެއްޓުމާއި، ބާވާތަކެއްޗާއި ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމަށް ފޮނުވުމާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ކަންތައް ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ކުރަމުން ގެންދިއުން.
  8. މަރުކަޒު ހިނގަމުންދާ ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  9. ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެތި ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުން ހޯދައި ގެނެސްދީ ހެދުމުގެ އެންމެހައި އިންތިޒާމުތަކެއްކޮށް ބެލެހެއްޓުން.
  10. އަތޮޅުތެރެއަށް ކުރަންޖެހޭ ދަތުރުތަކާ ގުޅިގެން ފައިސާއާ ބެހޭގޮތުން އިންތިޒާމުކޮށްދޭންޖެހޭ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހަމަޖައްސައިދިނުން.
  11. ކުއްޔަށް ހިފާފައިވާ އެންމެހައި ޢިމާރާތްތަކާއި އަދި ކުއްޔަށް ހިފަންޖެހޭ ޢިމާރާތްތަކާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން.
  12. އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.
  13. ފަސޭހަކަމާއެކު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުން.
  14. ޔުނިޓުގެ ބައްދަލުވުންތައް ގަވާއިދުން ބާއްވާ ޔުނިޓްގެ މަސައްކަތްދާގޮތް ހަފްތާއަކު އެއްފަހަރު ޑިޕާޓްމަންޓްގެވެރިޔާއަށް ރިޕޯޓް ކުރުން.
  15. ސިވިލް ސާރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔުނިޓުގެ މުވައްޒަފުންގެ ޓާގެޓް ރިވިއުކުރުމާއި އަދި އަހަރު ނިމުމުން މުވައްޒަފުން އެޕްރައިޒް ކުރުން.
  16. ދަށުގައި މަސައްކަތްކުރާ މުއައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  17. މި އިންސްޓިޓިއުޓްގެ މަސައްކަތްތަކާ ގުޅޭގޮތުން އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މަގުދައްކައި އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވެދީ މެހުމާންދާރީ އަދާކުރުން.
  18. އެހެން ޑިޕާޓްމަންޓްތަކުން ރާވައި ހިންގާ ކަންކަމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

އިނާޔަތްތައް:

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަރވިއު ކުރުން.

މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 02 އޮގަސްޓު 2016 އާއި 11 އޮގަސްޓު 2016 އާ ދެމެދު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓުގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއް ނަމަ، ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ބ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 01 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

18 ޖުލައި 2016
ހޯދާ