މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީގެ ވިޔަފާރިއާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބިޒްނަސް ސަރވިސް އޭޖެންޓް ހޯދުމާގުޅޭ

 އިޢުލާން

މިނިސްޓްރީގެ ވިޔަފާރިއާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބިޒްނަސް ސަރވިސް އޭޖެންޓް ހޯދުމާގުޅޭ

މި މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓަރީގެ ޚިދުމަތްތައް "ބިޒްނަސް ސަރވިސް އެޖެންޓުން" މެދުވެރިކޮށް ފޯރުކޮށްދިނުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ، ހެނދުނު 11:00 އަށް މި މިނިސްޓްރީ (ބޮޑުތަކުރުފާނުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތުކަރުދާސް، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 3333193 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

‏13‏ ޝައްވާލް‏ 1437

18 ޖުލައި 2016
ހޯދާ