ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާ އަދާކުރަންޖެހޭ ތަން: ކަލާފާނު ސްކޫލް

މަޤާމު:  އެޑްމިނިސްޓްރޭޓިވް އޮފިސަރ   

ބޭނުންވާ ޢަދަދު: 2

ދާއިރާ

އެޑްމިނިސްޓްރޭޝަން،މެ ނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސްމެނޭޖްމަންޓްގެ ދާއިރާއިން ސެޓުފިކެޓު ހާސިލްކޮށްފައިވުން.

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ. އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަޤާމުގެ ޝަރުޠު

 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މި މާއްދައިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

- ގަވަރމެންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް ބޭނުންކޮށްގެން ސްކޫލަށް އަންނަ ސިޓީތައް އެންޓަރކޮށް ބެލެހެއްޓުން.

- ދަރިވަރުން ސްކޫލަށް ވެއްދުމާއި ވަކިކުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ގަވާއިދާ އެއްގޮތަށް ކުރުން. އަދި ދަރިވަރުންނާ ގުޅޭގޮތުން އަންނަ އެހެނިހެން ކަންތައްތަކަށް ޖަވާބުދާރީވުން.

- ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓު ހެދުން. އަދި މުވައްޒަފުންގެ ރަޖިސްޓަރީތަކާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑާއި، ހާޒިރީއާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ސީ.އެސް ވިއުގަ މެދުވެރިކޮށް ކުރުން.

- ސްޓާފު އެޕްރައިޒަލް ފޯމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

- ބިދޭސީ ޓީޗަރުންގެ ވާކްވިސާ ފީ އަދި ވާކްޕާމިޓްގެ އެންމެހައި މަސައްކަތްތައް އެކްސްޕެކްޓް އޮންލައިން ސިސްޓަމް  މެދުވެރިކޮށް ކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް
  1. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށަހަޅަން ޖެހޭ ތަކެތި

*  ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މިސްކޫލްގެ ކައުންޓަރުން ލިބޭނެއެވެ).

*ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

* ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

* ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ސުންގަޑި:

  • މި މަގާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޖުލައި 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
  • މި މަޤާމުތަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7  ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ ކަލާފާނު ސްކޫލުގައެވެ.  
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވުމަށްފަހު ހޮވޭ 15 ބޭފުޅުންނަށެވެ.

އިތުރު މަޢުލޫމާތު

  • މި ސްކޫލްގެ ފޯނު: 3326607،  ފެކްސް: 3314457
  • ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސްގެ ވެބް ސައިޓުން ލިބިވަޑައިގަންނަވަން ހުންނާނެއެވެ.

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ