ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އޮފީސް އިމާރާތެއް ޅ. ނައިފަރުން ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި މިނިސްޓްރީން ކުރި ނަންބަރު: (IUL)101- AF/1/2016/94 (16 ޖޫން 2016) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އޮފީސް އިމާރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ޅ. ނައިފަރުން 700 އަކަފޫޓަށް ވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މި ތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަ ބުރި ހުރި ޢިމާރާތަކަށް ވިޔަސް ގްރައުންޑް ފްލޯރއިން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށްވާނަމަ ގަބޫލުކުރެވޭނެއެވެ.
އަގު ހުށަހެޅޭނެ ފަރާތްތައް
- 700 ފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ
- އެހެން ޢިމާރާތަކާ ގުޅިފައި ހުރި ޢިމާރާތަކަށް ވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ބިމުގެ ޖާގައިގެ ގޮތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ
- އެއްބުރިއަށްވުރެ ގިނަ ބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށްވެފައި އެންމެ ތިރީ ބައިން ޖާގައެއް ލިބެން ނެތްނަމަ، އެ ޢިމާރާތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.
ޢިމާރާތާބެހޭ މަޢުލޫމާތު
- ޢިމާރާތަކީ އާންމުނަށް ފަސޭހައިން ވަދެނިކުމެވޭގޮތަށް ހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެޒިޑެންޝަލް އޭރިއާއެއްގައި) ހުރި ޢިމާރާތަކަށްވުން.
- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރ އޭރިއާއަކާއި ފާޚާނާ އަދި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެ ފަދަ ތަނަކަށްވުން.
- ޢިމާރާތުގެ ބޮޑުމިން މަދުވެގެން 700 އަކަފޫޓު. (މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރެވޭވަރުގެ ޖާގަ)
- ޢިމާރާތް، މަދުވެގެން 5 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދެވެންވާނެއެވެ.
ތިރީގައިވާ ކަންތައްތަކަކީ މި މިނިސްޓްރީން އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކެވެ.
- ޢިމާރާތް މަރާމާތުކުރަން ޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ އިމާރާތުގެ ވެރިފަރާތުން ނެގުން
- އޮފީސް ބަންދު ގަޑީގައާއި ބަންދުދުވަސް ދުވަހު އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން
- މިހާރުގެ އޮފީސް އިމާރާތުގައި ހުރި މި ސެންޓަރުގެ ފަރުނީޗަރު، އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
ހުށަހަޅަންޖެހޭ ތަކެތި
-
މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާ ގޮތް
-
ޢިމާރާތުގެ ކުލި (މަހަކަށް).
-
ކުއްޔަށްދޭން ގަސްދުކުރާ މުއްދަތު (އަހަރުން)
-
ކުއްޔަށްދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)
-
ކުއްޔަށްދޭން ގަސްދުކުރަނީ އިމާރާތުގެ ވެރިފަރާތުންކަމުގައި ވާނަމަ ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ކުއްޔަށްދޭން ގަސްދުކުރަނީ އިމާރާތުގެ ވެރިފަރާތުންނޫން ފަރާތަކުންނަމަ ކުއްޔަށްދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
އަގު ހުށަހެޅުން
- އަގު ހުށަހެޅުމަށްޓަކައި "ބިޑް ހުށަހަޅާ ފޯމް" ބޭނުންކުރައްވާށެވެ. ބިޑް ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި ޅ. ނައިފަރު ބިޒްނަސް ސެންޓަރުން ލިބެންހުންނާނެއެވެ.
ޑެލިވަރީ
- މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
- ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދުދުވަސް ހިމަނައިގެން ދުވަހުންނެވެ.
މާރކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ
މާރކްސްދެވޭ ކްރައިޓީރިޔާ |
މާރކްސްދެވޭ % |
ތަފުސީލު |
ފޯމިއުލާ |
އަގު |
50 |
|
(Benchmark price / Submitted price) X Allocate percentage |
ތަނުގެ ބޮޑިމިން |
10 |
|
(Benchmark size / Submitted size) X Allocate percentage |
ޑެލިވަރީ ޕީރިއަޑް |
10 |
|
(Benchmark Delivery / Submitted Delivery) X Allocate percentage |
މަރާމަތުކުރުމުގެ ޒިންމާ ވެރިފަރާތުން ނެގުން |
20 |
|
If owner takes full responsibility for renovations 20% will be allocated for that bid |
ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން |
10 |
|
If arrangements have been made for transferring furniture to new building 10% will be allocated |
އަންދާސީ ހިސާބު ހުށަހެޅުން
- އަންދާސީހިސާބު ހުށަހަޅާނީ "ބިޑް ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު ހިމަނާފައިނުވާ ބިޑް ޕްރޮޕޯސަލް މި މިނިސްޓްރީއަކުން ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.
ޅ.ނައިފަރު ބިޒްނަސް ސެންޓަރ
ފާދިއްޕޮޅު އަތޮޅުގެ
ޅ.ނައިފަރު، ދިވެހިރާއްޖެ.
ފޯނު ނަންބަރު: 6620350, 6620351
ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މި މިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 29 ވަނަ ދުވަހު 11:30 އަށް ޅ. ނައިފަރު ބިޒްނަސް ސެންޓަރަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 6620351 އާ ގުޅުއްވުން އެދެމެވެ.
12 ޝައްވާލް 1437
17 ޖުލައި 2016