ދިވެހިރާއްޖެ
އިޢުލާން
އޮއިން ހޮވި ފައިބަރ މަސްބޯޓު ނީލަންކިޔުމާބެހޭ
މި ކައުންސިލުގެ ނަންބަރު (IUL)383/383/2016/61 (16 ޖޫން 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށްފީމެވެ.
އޮއިން ހޮވާފައިވާ ލަންކާ "ނިރަންޖާ ދެވިނަވަރާ" ނަމަކަށްކިޔާ ފައިބަރ މަސްބޯޓު (ޔަންމާ ފޯސީ އިންޖީނެއް އަޅާފައިވާ) ސިޓީލައި ނީލަންކިޔުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާލައިފީމެވެ. ނީލަމާބެހޭ މަޢުލޫމާތު ތިރީގައިމިވަނީއެވެ.
1- ބޯޓުގެ ބޮޑުމިން: ދިގު 35 ފޫޓު ފުޅާ 10 ފޫޓު
2- ބޯޓުގެ ނީލަން ފެށޭ އަގު: -/10000 ރ (ދިހަހާސްރުފިޔާ)
3- ބޯޓުގެ ފޮޓޯ: އިޢުލާނާ އެކުގައި ވާނެ
4- ނީލަން އަގު މަތިކުރެވޭ އެންމެ ކުޑައަގު: -/2000 ރ (ދެހާސްރުފިޔާ)
5- ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހެއްގެވެސް 12:00 ގައެވެ. މިގޮތުން އެދުވަހެއްގައި ބޯޑަށް އަރުވާ ސިޓީތައް ބަލައިގަނެވޭނީ އެދުވަހެއްގެ 11:45 ގެ ކުރިން ގެންނަ ސިޓީތަކެވެ. އޭގެފަހުން ބަލައިގަންނަ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެން އަންނަ ދުވަހުގެ 12:00 ގައެވެ.
- ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. (ދެދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގު އަރުވާ ގަޑިން ފެށިގެން 48 ގަޑިއިރު ވުމުންނެވެ.)
6- ނީލަމުން ބޯޓު ނަގާ ފަރާތުން، ނީލަން ނިމޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދެއްކުމަށްފަހު، ބޯޓާ ހަވާލުވެ 15 ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުން ބޭރުކުރަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
07 ޝައްވާލް 1437