ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޓްބޯލް ކޯޗުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ނެޓްބޯލް ކޯޗުކޮށްދޭނެ މީހުން ހޯދުން:

މި އެސޯސިއޭޝަނުގެ ބޭނުމަށް ތިރީގައިވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ.

މަޤާމް: ހެޑްކޯޗް

ކޯޗުކޮށްދޭނެ އުމުރުފުރާ: 21 އަހަރުންދަށުގެ ޤައުމީ އަންހެން ނެޓްބޯޅަ ޓީމް

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން

މުސާރަ: ދެފަރާތް އެއްބަސްވާ އަދަދެއް

ފެންވަރު ނުވަތަ ޝަރުޠު:

- ނެޓްބޯލް ކޯޗިންގ ކޯސް ލެވަލް-1 ފުރިހަމަކޮށްފައިވުން.

- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި، ވާހަކަދައްކަން އެނގުން.

- ނެޓްބޯލް ކޯޗިންގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިހާރުވެސް މި ދާއިރާގައި ހަރަކާތްތެރިވެއުޅޭ ފަރާތަކަށްވުން.

- އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.

މަޤާމް: އެސިސްޓެންޓް ކޯޗް

ކޯޗުކޮށްދޭނެ އުމުރުފުރާ: 21 އަހަރުންދަށުގެ ޤައުމީ އަންހެން ނެޓްބޯޅަ ޓީމް

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން

މުސާރަ: ދެފަރާތް އެއްބަސްވާ އަދަދެއް

ފެންވަރު ނުވަތަ ޝަރުޠު:

- ނެޓްބޯލް ކޯޗިންގ ކޯސް ލެވަލް-1 ފުރިހަމަކޮށްފައިވުން.

- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި ވާހަކަދައްކަން އެނގުން.

-  ނެޓްބޯލް ކޯޗިންގެ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިހާރުވެސް މި ދާއިރާގައި ހަރަކާތްތެރިވެއުޅޭ ފަރާތަކަށްވުން.

- އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.

- ހެޑްކޯޗް ނެތް ހާލަތްތަކުގައި ހެޑްކޯޗުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޤާބިލުކަންހުރި މީހަކަށްވުން.

ސުންގަޑި: މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނުގެ މެއިލް އެޑްރެސް [email protected] އަށް، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް 3317004 ނަންބަރު ފޯނަށް، ނުވަތަ 9157004 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

8 ޝައްވާލް 1437

13 ޖުލައި 2016
ހޯދާ