ދިވެހިރާއްޖެ
އިޢުލާން
2016 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން:
2016 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ (ޓައިމްޓޭބަލް) 2016 ޖުލައި 24 ވަނަ ދުވަހުން ފެށިގެން 2015 އޮގަސްޓު 10 ގެ ނިޔަލަށް މި ޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:45 އަށެވެ.
މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ނަންގަވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.
ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، 2016 އޮގަސްޓު 10 ވަނަ ދުވަހުގެ 12:30ގެ ކުރިން ލިއުމަކުން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅުއްވާ އިޞްލާޙުތައް ގެނެވޭނީ އެމެންޑްމަންޓް ފީ ދެއްކެވެމުންނެވެ.
12 ޝައްވާލް 1437