މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކުރުމަށް

އިޢުލާން

މަސްޖިދުލްހިދާޔާ މަރާމާތުކުރުމަށް ބޭނުންވެއްޖެ

ރ.އަނގޮޅިތީމު މަސްޖިދުލްހިދާޔާގައި ކުރަންހުރި މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ. ކޮންޓެކްޓް އުސޫލުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢުލޫމާތު ދިނުން އޮންނާނީ 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 1:00 ގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސްރޫމުގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.

  • ކުރަންޖެހޭ މަސައްކަތް:
  1. ބޮޑުދޮރުފަތުގެ 2 ކަނި ބަދަލުކުރުން
  2. ޑީބޯޑު ބަދަލުކުރުން.
  3. ސީލިންގ މަރާމާތު ކުރުން.
  • މަސައްކަތް ހަވާލުކުރުމުގައި ބަލާނެ މިންގަނޑު:
  1. މަސައްކަތުގެ އަގު: % 85
  2. މަސައްކަތުގެ ތަޖުރިބާ: % 5
  3. މަސައްކަތުގެ މުއްދަތު: % 10

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

09 ޝައްވާލް 1437 

14 ޖުލައި 2016
ހޯދާ