ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ގުޅިގެން 500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަހަރު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ބައިވެރިވާ ފަރާތަކަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުގައެވެ. މިޕްރޮގްރާމް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް ލިބޭނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ސަނަދެކެވެ. ވީމާ، މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަންފޯމު ހުށަހަޅެއްވުން އެދެމެވެ.

ކޯހުގެ ފީ:

މި ޕްރޮގްރާމުގެ ދަށުން ކޯހަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.

ކޯހަށްވަދެވޭ ޝަރުތާއި މުއްދަތު

ކޯހުގެ ލެވެލް

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

ކޯހުގެ މުއްދަތު

ސެޓުފިކެޓު 4 އިން ނަރސިންގ

  1. ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

12 މަސްދުވަސް

 

ޑިޕްލޮމާ އިން ނާރސިންގ

  1. ސާނަވީ އިމްތިޙާނަކުން ސައިންސް ސްޓްރީމުގައި ކިޔަވައި 3 މާއްދާއިން C ފާސް ލިބިފައިވުން
  2. ނާރސިންގގެ ދާއިރާއިން ސެޓުފިކެޓު 4 ލިބިފައިވުން.

03 އަހަރުދުވަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު (ފުރިހަމަ ކޮށްފައިވާ)

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް

ނ- ތަޢުލީމީ ސަނަދުތަކުގެ ކޮޕީ

ރ- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރާކަން އެނގޭ ލިޔުމެއް

ބ. ވަޒީފާ އަދާކުރާ ފަރާތެއްނަމަ މިކޯސް ހެދުމަށް ވީއްލާނެކަމުގެ ލިޔުން

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯރ) ނުވަތަ [email protected] އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

އެޕްލިކޭޝަންފޯމު ލިބިވަޑައިގަންނަވާނީ:

  1. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެބްސައިޓް: www.moe.gov.mv                
  2. ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް: www.tvet.gov.mv

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 އަދި 3341275 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ޝައްވާލް 1437

18 ޖުލައި 2016
ހޯދާ