ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސުކޫލް
ދިވެހިރާއްޖެ
ވަށާފާރު އުސްކުރުން

ހދ. ހިރިމަރަދޫ ސްކޫލުގެ ވަށާފާރު އަމިއްލަ ތަކެތީގައި އުސްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރި އިޢުލާނާ ގުޅިގެން 2 ފަރާތުން ބިޑް ހުށަހަޅާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް ހުޅުވާލުމުން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ 3 ފަހަރަށް އިޢުލާން ކުރަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ވަށާފާރު 5 ފޫޓު ބަޔަށް ރާނައި، ސިމެންތިޖަހައި، ކުލަލުން.

- މިހާރު ހުރި ފާރު ތަޅާލައި ބިން ސާފުކުރުން.

- ދެ ގޭޓް ހަރުކުރުން.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިރިމަރަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ހިރިމަރަދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

25 ޖުލައި 2016 (ބުރާސްފަތި) ދުވަހުގެ 13:30 އަށް

03 އޮގަސްޓު 2016 (ބުދަ) ދުވަހުގެ 13:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 10:00 އިން 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ. މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

13 ޖުލައި 2016
ހޯދާ